ދެން ރެސިޕީ | ބްރެޑް ފިއްޒާ

ބޭނުންވާ ތަކެތި:
2 ފޮތި ޕާން
2 ސަމްސާ ސޯސް
ފިޔާ، ޓޮމާޓޯ، ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
1 ސަމުސާ އަސޭމިރުސް
½ ދަޅުމަސް
ގާނާފައިހުރި މޮޒަރެއްލާ ޗީޒް
ލޮނު
ތައްޔާރުކުރާނެގޮތް
ޕާނުގައި ސޯސް ހާކާށެވެ. އެއަށްފަހު ފިޔާ، ޓޮމާޓޯ، ކެޕްސިކަމް، މަސް އަދި ލޮނާ އެއްކޮށް ރަނގަޅަށް މޮޑެލުމަށްފަހު ޕާނުގެ މަތީގައި އަތުރާލާށެވެ. އޭގެ މައްޗަށް ޗީޒް އެޅުމަށްފަހު ޗީޒްކޮޅު މެލްޓްވަންދެން އަވަނުން ފިހެލާށެވެ.