ރެސިޕީ

ދެން ރެސިޕީ | ޕެންޑަން ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް ( ކުދި ކޮށް ކޮށާފައި )
  • ½ ޖޯޑު ކާށި ކިރު
  • 2 މޭޒުމަތީ ސަމްސާ ފެން
  • 1 ޖޯޑު ފުށް
  • 2 ½ ސަމްމާ ބޭކިން ޕައުޑަރ
  • 2 ބިސް
  • ½ ޖޯޑު ހަކުރު
  • ½ ޖޯޑު ތެޔޮ 

ތައްޔާރުކޮށްލާނެ ގޮތް:

Ads by WAMCO

އެންމެ ފުރަތަމަ 180 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ.

ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ. ފުރާނާލުމުން މަދުވެގެން 1/3 ޖޯޑު ލިބެންވާނެއެވެ.

އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ ރަނގަޅަށް ގިރާލާށެވެ. މިކަން ކުރުމަށް ހޭންޑް މިކްސްޗަރެއް ނުވަތަ އާދައިގެ ޖޫސް ގިރާ މިކްސްޗަރު ވެސް ބޭނުން ކުރެވިދާނެއެެވެ.

ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ފަހު 4 ސަމްސަލުން، 4 ސަމްސަލުން ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.

ޓްރޭ އެއްގައި ތެޔޮ ކޮޅެއް އުނގުޅާމަށް ފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނަޓު ފިހެލާށެވެ. ކޭކް ފިހުނު ކަން ޔަގީން ކުރަން ޓޫތް ޕިކެއް ވެސް ބޭނުން ކުރެވިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!