ޚަބަރު

ހިލްޓަނަށް ފައިސާ ދޭން ސަން ކުންފުނީގެ މައްޗަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިލްޓަނަށް ދޭން އަންގާފައިވާ ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފިއެވެ.

Ads by STELCO

ނ. މެދުފުށީގައި ސަން ޓްރެވެލްސް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުން، އެ އެބަސްވުން ވަނީ 2013 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.

އެއްބަސްވުން ބާތިލުކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށެވެ.

ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ ހުކުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ސަން ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މިގޮތަށް ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

  1. ބަލަ ޝިޔާމް އެއޮތީ ސޯލިހު އާއިއެކު ކޯލީޝަން ހަދާފައި ތިޔައެތި ޖެހޭނީ ފަސްއަޅަން ނުންތޯ !