ދުނިޔެ

ސްކޮލަރޝިޕެއް ލިބި ކިޔަވަން ދިޔުމުގެ އުއްމީދުގައި ހުރި ޒުވާނެއް ދުނިޔެ ދޫކުރި ގޮތުގެ ވާހަކަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސުދީކްޝާ ބާޓީ އަކީ އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރު ޕަރުދޭޝް އަށް ނިސްބަތްވާ، ވިސްނުން ތޫނު ޒުވާން އަންހެން ކުއްޖެކެވެ. މީނާ އަށް އިންޑިއާގެ 4 ކަރޯޑު ރުޕީސްގެ ސްކޯލާޝިޕެއް ލިބި، އިނގިރޭސިވިލާތުން ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ދާދި ފަހުން ވަނީ ލިބިފައެވެ. އެހެންނަމަވެސް މީޑިއާ ތައް ސިއްސުވާލާ ލިބުނު ޚަބަރަކީ ސުދީކްޝާ އެކްސިޑެންޓެއްގައި މި ދުނިޔެއާއި ވަކިވެގެންދިޔަ ޚަބަރެވެ. މި ޚަބަރު މީޑިއާ ތަކުގެ ސަމާލު ކަމަށް އައީ އޯގަސްޓު މަހުގެ 11 ވީ އަންގާރަ ދުވަހުއެވެ.

Ads by Sosun Fihaara

ސުދީކްޝާއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ އުމުރުން އެންމެ 20 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ތަޢުލީމު ހާސިލް ކުރީ އުއްތަރު ޕަރުދޭޝްގެޝިވް ނަދަރފައުންޑޭޝަން ވިދްޔާގްޔާންސުކޫލުންނެވެ. ސުދީކްޝާ އަކީ އެ ސުކޫލުންވެސް ފާހަގަ ކޮށްލެވޭ ވަރުގެ މޮޅު ކުއްޖެއް ކަމަށާއި، އޭނާގެ އިމްތިހާނުން 98 އިންސައްތަ ހޯދާފައި ވާކަމަށް މީޑިއާ ތަކަށް މައުލޫމާތު ވަނީ ލިބިފައެވެ.

ސުދީކްޝާ ވަނީ އެމެރިކާގެ އަވަށެއް ކަމަށްވާމަސަޗޫސެޓްސްގެ ބެބްސަން ކޮލެޖުން ޖާގަ ހޯދާފައެވެ. އެހެންނަ މަވެސް ބޭރަށް ކިޔަވަން ދިއުމުގެ ހުވަފެންތަކުގައި ކުލަ ޖައްސަން ތައްޔާރުވެފައި ވަނިކޮށް އޭނާ އަށް އެކަން ނުވެ ދިމާވި ހިތްދަތި ހާދިސާއެއްގައި އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

ޚަބަރުތައް ލިބިފައިވާ ގޮތުގައި، ސުދީކްޝަ މަރުވެފައިވަނީ އޭނާ ބޭބެއާއި އެއްކޮށް ގާތްތިމާގެ ގެއަކަށް ދިޔަ މަގުމަތީގައި، ދެމީހަކު ސައިކަލުގައި އައިސް އޭނައާއި ފޮށި އެކްސިޑެންޓުވުމުގެ ސަބަބުންނެވެ. އަދި ސައިކަލުގައި ދިޔަ ދެމީހުން ވެސް ދުއްވާފައި ދިޔައީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށާއި، ވަރަށް ހަޑި ހުތުރު އެއްޗެހި ސުދީކްޝާ އާއި ދިމާލަށް ގޮވަމުންކަމަށް ވެސް ޚަބަރުތައް ބުނެއެވެ.  މި އެކްސިޑެންޓުގައި ސުދީކްޝާ މިދުނިޔެއިން އަލްވަދާއު ކިޔާފައިވާއިރު އޭނާގެ ބޭބެ ވަނީ ސަލާމަތް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!