ދެން ރެސިޕީ | ބޭކްޑް ޕާސްތާ

ބޭނުންވާ ތަކެތި:
450ގ ޕާސްތާ
1 ސައިސަމުސާ އޮލިވް އޮއިލް
1 ފިޔާ ކުދިކޮށް ކޮށާފައި
3 ލޮނުމެދު ހިމުންކޮށް ކޮށާފައި
170ގ ޕީލްޑް ޓޮމާޓޯ
2 ސައިސަމްސާ ޓޮމާޓޯ ޕޭސްޓް
3/4 ޖޯޑް ވިޕިނގް ކްރީމް
1/2 ޖޯޑު ޕާމެސަން ޗީސް
ލޮނު، އަސޭމިރުސް، ޗެރީޓޮމާޓޯ، ފްރެޝް ބެސިލް(ކުދިކޮށް ކޮށާފައި)، މޮޒޮރެލާޗީޒް
ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ ތެއްޔެއްގައި ޕާސްތާކޮޅު ފެނު ކައްކާށެވެ. ޕާސްތާ ކޮޅު ކެއްކުމުން ފެން ނެގުމަށް ފަހު ބަހައްޓާށެވެ. އަދި ޕާސްތާ ކެއްކި ފެންގަނޑު ތެރެއިން އެއްޖޯޑު ފެން ނެގުމަށް ފަހު ވަކިން ބަހައްޓަން ހަނދާން ކުރަންވާނެއެވެ.
ތަވަޔަށް އޮލިވް އޮއިލް އެޅުމަށް ފަހު ހޫނު ވެލީމަ ފިޔާކޮޅު އަޅާލާފައި މޯޅި ވަންދެން ކެއްކުމަށް ފަހު ލޮނުމެދު ކޮޅުއެއްކޮށްލާށެވެ. 30 ސިކުންތު ވަންދެން ކެއްކުމަށްފަހު ޕީލްޑްޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓް އެޅުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މިގޮތަށް 5 މިނިޓްވަންދެން ސޯސްކޮޅު ކެއްކުމަށް ފަހު ޕާމެސަންޗީޒް، ކްރީމް، ލޮނު،އަސޭމިރުސް އެއްކޮށްލާފައި މަޑުގިނީގައި ކުޑައިރު ކޮޅެއްވަންދެން ކައްކާލާށެވެ.
އަވަން 400ޑިގްރީ އަށް ޕްރީހީޓް ކޮށްލާށެވެ.
ޕާސްތާއިން ނެގި ފެން ޖޯޑު ، ތައްޔާރު ކުރި ސޯސްއަށް އެޅުމަށް ފަހު ޗެރީ ޓޮމާޓޯ، މޮޒޮރެއްލާޗީޒް، ބެސިލް އެޅުމަށްފަހު ކުޑަކޮށް ހޫނު ކޮށްލުމަށްފަ ހު،ކައްކާފައި ހުރި ޕާސްތާ އާއި ސޯސް އެއް ކުރުމަށް ފަހު ތަތްގަނޑަކަށް އަޅާ އޭގެ މައްޗަށް މޮޒޮރެއްލާ ޗީޒް އެޅުމަށް ފަހު އަވަނަށް ލައިފައި 20 މިނިޓް ވަންދެން ފިހެލާށެވެ.