ޚަބަރު

ނަޝީދު ވިދާޅުވަނީ ވައިރަހާ ހެދި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަހުގެ ބިރަށް މުޅި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށާއި އޭރުން ދެން ރާއްޖެއަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ނަޝީދު މިހެން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން މި ދުވަސްވަރު ގިނަ މީހުން އެއްވެ ހަރަކާތްތައް ނުހިންގަން ރާއްޖޭގެ ސިއްހީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވަނިކޮށް އެމްޑީޕީން މިއަދު ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށުމުން ނޫސްވެރިން ކުރި ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ސިއްހީ މާހިރުންގެ ތެރެއިން އެންމެ ބޮޑަށް ބަރޯސާވަނީ ޑަބްލިއުއެޗްއޯން ދޭ ބަޔާންތަކަށް ކަމަށެވެ. އެގޮތުން، ޑަބްލިއުއެޗްއޯގެ އެންމެ ބޮޑު ބާރުއެޅުމަކީ، އަބަދުވެސް ސާފުތާހިރުކަންމަތީ ތިބެ، އަތްދޮވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މީކަމުގައޮ އެންމެ މުހިންމު ކަމަކީ، ދުނިޔެއެއް ހުއްޓައެއް ނުލެވޭނެ، ދިވެހިރާއްޖެ އެއްވެސް ހުއްޓައެއް ނުލެވޭނެ. އަދި އަޅުގަނޑުމެން ބިރުވެރިކަމުގެ ތެރެއަށް ގޮސް ހުންނާންނަނީސް ރަޖާއަޅާ އުސޫލަށް އަޅުގަނޑުމެން، ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދު ވެސް ހުއްޓޭނެ. އިގްތިސާދު ހުއްޓުނީމާ ދެން އަޅުގަނޑުމެންނަށް ދެން ރޯގާ ނުޖެހުނެއް ކަމަކު ދިމާވާނެ އެހެން ރޯގާތަކާއި އެހެން ބަލިތަކާއި އެހެން އުނދަގޫތައް މާގިނަވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ދަތުރުފަތުރު ކުރުން ހުއްޓުވަން އުޅެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރެއްޖެނަމަ، އެމީހަކު ކަރަންޓީނު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ރަށެއްގައި ބައްޔެއް އުޅުނަސް މުޅި ރަށް ކަރަންޓީނު ކުރަން އުޅުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!