ވިޔަފާރި

އެސްޓީއޯގެ އެމްޑީއަކަށް ސައީދު ހަމަޖައްސައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސައިފި އެވެ.

Ads by Hajj Corporation

ސައީދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާ ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ ސައީދަށް މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު އައްޔަންކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން އަމްރު މިދިޔަ މަހުގެ 26 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސައީދު ވަނީ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުން ސައީދުއާ ހަވާލުކޮށްފަ އެވެ.

  1. ރެއްކަބޭ

    އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓުން ސަމާލުވާންޖެހޭނެ މީނާ ވެބްކެމްް ބޭނުންކޮށްގެން ކޮންމެފަދަކަމެއްވެސް ކޮށްފާނެ.