ޚަބަރު

ކްރިމިނަލް ކޯޓު ގާޒީ ކަމަށް 12 ފަރާތެއް ކުރިމަތިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ފަރާތެއް ކުރިމަތިލައްވައިފިއެވެ.

Ads by MWSC

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ސުންގަނޑި ހަމަވުމުގެ ކުރިން 12 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ، ލިއުޝާދު އަބްދުއްސައްތާރު / ހިޔާ، ހދ.ނޮޅިވަރަން، ހައްމާދު ނަސީމް އަލީ / ނާރެސް، ގދ.ފިޔޯރީ، މުހައްމަދު މިންހާޖް / ހިރިލަންދޫގެ، ސ.ފޭދޫ، ފާތިމަތު ނަބާހާ / ޝާދީވިލާ، ގދ.ފިޔޯރީ، އާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް، އާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ.ވައިކަރަދޫ، އަބްދުލްމުހުސިން އަބްދުލްހަކީމް / އާކުރި، ގއ.ނިލަންދޫ، ފާތިމަތު ސައީދު / ގެދަރުގެ، ސ.ފޭދޫ، ހަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ، އަހްމަދު ނައުފަލް / ޝިފާނާވިލާ، ކ.މާލެ އަދި އަލީ ނަސީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!