ޚަބަރު ސަރުކާރު

ކާށިލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރުއްތަކަށް ބަލި ޖެހި ކާށި ލިބުން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމަށް 5000 ރުއް ރާއްޖެ އެތެރެކޮށްފިއެވެ.

Ads by MWSC

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ، ރާއްޖޭގެ ރުށްތަކަށް ޖެހިފައިވާ ބަލިތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު އެވެ. މިނިސްޓަރު ވިދާޅުވީ މި ރުއްތައް މިވަގުތު ހުރީ މިނިސްޓްރީން ކަރަންޓީނު ކޮށްފައިކަމަށެވެ.

ރާއްޖެއަށް ކާށި ލިބުން ދަތިވެފައިވަނީ ރާއްޖޭގެ ރުއްތަކަށް ބައްޔެއްޖެހި ރުއްތައް ހަލާކުވުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ބާޒާރުގައި ކާށި ލިބެން ހުރި އަގުތައްވަނީ އިންތިހާއަށް މައްޗަށްގޮސްފައެވެ.

އަދި މިކަން ހައްލު ކުރުމަށް އެސްޓީއޯއިންވަނީ ރާއްޖެއަށް ކާށި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.

ރާއްޖޭގެ ރުށްތަކަށް ޖެހިފައިވަނީ "ސޫޓީމޯލްޑް" ކިޔާ ބައްޔެއް ކަމަށް ތަޖުރިބާކާރު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

 

Ads by Ooredoo
  1. ގަމާރު

    ތީވޯޓާ ދިމާކޮށް ޖީބައް ޖަހާލި ފައިސާކޮޅެއް ތިޔައްވުރެ ރަގަޅު މުޱުވަކެއް ގެނަސް ރާއްޖޭގައި އިންދާގެން ހެއްދުން ހަރަދު ބޮޱްތަނުން ކުޱަވާނެ އެކަމު ދައުރު އޮންނ1ާނީ ނިމިފަތާދޯ

  2. އިއްބެ

    ް ރާއްޖެއަށްކާށިލިބުންދަތިވަނީކީއްވެގެންކަންއެގުރިކަލްޗަރމިނިސްޜަރަށްނޭގުމަކީއެއީމިނިސްޓަރުގެވަޒީފާފުރިހަމައަށްއަދާނުކުރެވުން ްގިނަފަޅުރަށްތައްރިސޯޓްހަދަންދީދަނޑުވެރިކަންކުރާބޮޑެތިރަށްތަކުގެދަނޑުހައްދާމީހުން ާ މީހުންގެރުއްތަށްކަނޑައިއަންދައިރޯކޮށްހަދާއިރުކައުންސިލަކުންއަޅއެއްނުލާޕޮލިހަކުންއަޅއެއްނުލާސަރުކާރަކުންއަޅައެއްނުލާ ދެންކުމުންދޫމީހުންގެގާކޮޅަށްސަރުކާރުގެވެރިންވީމައި ކާށިވެސްއެހެންއެއްޗިހިވެސްމަދުވެއެއްމެފަހުންމީހުންވެސްއިންޕޯޓުކުރަންޖެހޭނެ އިންސާފުނުލިބުނީމައިވޟިހުރިހައިގޮތެއްވެސްވާނެ

  3. އިއްބެ

    ކާށިލިބުންހައްލުކުރަންކުރާނެކަމެއްމިނިސްޓަރަކސއްނޭގުނު