ޚަބަރު ސިޔާސީ

އިންސާނިއްޔަތުކަން އިސްކޮށް، ރައީީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންސާނިއްޔަތުކަން އިސްކުރައްވައި، ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ޗެނަލް13ގައި ރޭ ވާހަކަ ދައްކަމުން، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް، ޖަމީލު ވަނީ ރައީީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ދަޢުވާތަކެއް ކޮށްގެން ކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނަށް ޖަލު ޙުކުމެއް އިއްވެވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެތީކަން ގިނަ ރައްޔިތުން ޤަބޫލުކުރާނެ ކަމަށާއި، ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާދޭހާއެކު ސަރުކާރުގައި ދަންނަވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

"މިހެން ހައްދަވާކަށް ނުވާނެ އިނގޭތޯ. އަޅުގަނޑުމެން އެންމެންނަށްވެސް ވެސް އެބަ އިނގޭ މިއީ ސިޔާސީ ދައުވާއެއްކަން، ސިޔާސީ ޙުކުމެއްގައިކަން ހުންނެވީ." ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. މި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.

Ads by HDC
  1. އަބުދުއްލޯ

    އިންސާނިއްޔަތުކަން އިސްކޮއް ޖަލުގަތިބި އެހެންގައިދީން ގެއައބަދަލު ކޮއްދިނުން މާރަގަޅުވާނެ ކުއްވެރިއެއް ވެއްޖެއްޔާ ވާންޖެހޭނީހަމަހަމަ

  2. ބީތާ

    ނަމަނަމަ ދޫނުކުރާތި! އަނެއްކާ އަނެއް ނުބައި ހަދާ ގައުމު ފިތުނަކޮއްފާނެ މި ރޯދަމަހު ފަހު ދިހައެއްގައިވެސް..