ދުނިޔެ

އިންޑިއާގެ އެކްސްޕޯޓް ބޮޑުތަނުން މައްޗަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިންޑިއާއިން މުދަލާއި ހިދުމަތުގެ އެކްސްޕޯޓް ހަ ޕަސެންޓް އިތުރުވެފައިވާ އިރު، ރަޝިއާ އިން އިމްޕޯޓް ކުރި މިންވަރު އިތުރުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

ރޮއިޓާސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު އިންޑިއާގެ މުދަލުގެ ވިޔަފާރީގެ ޑެފިސިޓް 19.73 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރީ މަހު ރެކޯޑް ކުރި 17.43 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.

މާޗް މަހު މުދާ އެކްސްޕޯޓްކުރި މިންވަރު 38.38 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަދަދު 33.88 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އިމްޕޯޓް ކުރި މިންވަރު 51.31 ބިލިއަން ޑޮލަރަށް ވުރެ 58.11 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާއިން އޭޕްރީލް-މާޗް މަހުގެ ނިޔަލަށް މުދާ އެކްސްޕޯޓްކުރި މިންވަރު އަހަރުން އަހަރަށް 6 އިންސައްތަ އިތުރުވެ 447.46 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި މުއްދަތުގައި މުދާ އިމްޕޯޓްކުރި މިންވަރު ވަނީ 16.5 އިންސައްތަ އިތުރުވެ 714.24 ބިލިއަން ޑޮލަރަށް އަރާފައެވެ.

ސަރުކާރުގެ އިބްތިދާއީ އަންދާޒާތައް ދައްކާ ގޮތުން މާޗް މަހު އެ ގައުމުން ސާވިސް އެކްސްޕޯޓްކޮށްފައިވަނީ 27.75 ބިލިއަން ޑޮލަރަށް ކަމަށާއި ސާވިސް އިމްޕޯޓް ކޮށްފައިވަނީ 14.05 ބިލިއަން ޑޮލަރެވެ. ފެބްރުއަރީ މަހު ސާވިސް އެކްސްޕޯޓް ކުރި މިންވަރު 29.15 ބިލިއަން ޑޮލަރަށް އަރާއިރު އިމްޕޯޓް ކޮށްފައިވަނީ 14.55 ބިލިއަން ޑޮލަރެވެ.

މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ނިމުނު މިދިޔަ އަހަރު އިންޑިއާގެ މުދަލާއި ހިދުމަތުގެ އެކްސްޕޯޓް ގާތްގަނޑަކަށް 14 ޕަސެންޓް އިތުރުވެ 770.18 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި މުއްދަތުގައި އިމްޕޯޓް ކުރި މިންވަރު ވަނީ 17.4 ޕަސެންޓް އިތުރުވެ 892.18 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!