ޚަބަރު

މި އަހަރު އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރު އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މި އަހަރުގެ މިހާތަނަށް 4،526 ވައްކަމުގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. މިއީ މިދިޔަ އަހަރަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކަށް ބަލާއިރު 1،000 އަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 3،272 ވައްކަމުގެ މައްސަލައެކެވެ. 2017 ވަނަ އަހަރު 3،504 ވައްކަމުގެ މައްސަލަ ހުށަހެޅިއިރު، 2016 ވަނަ އަހަރު ހުށަހަޅާފައި ވަނީ 3،617 މައްސަލަ އެވެ. އަދި 2015 ވަނަ އަހަރުގައި 4،008 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މި އަހަރު ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބަލާއިރު މާރާމާރީގެ މައްސަލަތައް މި އަހަރު މަދުވެފައިވާ ކަން ފުލުހުން ފާހަގަ ކުރެ އެވެ. އެ ގޮތުން މިދިޔަ ދެ އަހަރަށްވުރެ މި އަހަރު ފުލުހަށް ހުށަހެޅިފައިވާ މާރާމާރީގެ މައްސަލަތައް މަދެވެ. 2017 ވަނަ އަހަރު އޭގެ 771 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ އަހަރު ހުށަހެޅީ 752 މައްސަލަ އެކެވެ. މި އަހަރު އެ އަދަދު ވަނީ 629 އަކަށް މަދުވެފަ އެވެ.

މި އަހަރުގެ ތަފާސް ހިސާބު ދައްކާގޮތުން ގެވެށި އަނިޔާ 220 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ 2169 މައްސަލައެއް ހުށަހެޅިފައިވާއިރު، ޖިންސީ ގޯނާގެ 400 މައްސަލައެއް ފުލުހުންނަށް މި އަހަރު ވަނީ ހުށަހަޅާފައެވެ. އަދި ފޭރުމުގެ 481 މައްސަލައިގެ އިތުރުން ޓްރެފިކް 2316 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!