ދުނިޔެ

އިންޑިއާ ވެގެންދާނީ އެންމެ ހަލުވި މިނެއްގައި ކުރިއަރާ އިޤްތިޞާދަށް: މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން 2023 ވަނަ އަހަރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދަކީ އިންޑިއާ ކަމަށް އަންދާޒާކޮށްފައިވާކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވިދާޅުވީ އިންޑިއާގެ އިގްތިސާދު ދެމިއޮންނާނެ ކަމަށާއި 2022-23 ވަނަ އަހަރު 7 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

Ads by Sosun Fihaara

އިންޓަނޭޝަނަލް މަނިޓަރީ އެންޑް ފައިނޭންޝަލް ކޮމިޓީގެ ޕްލެނަރީ މީޓިންގައި ބައިވެރިވެވަޑައިގެން، މެނޭޖިން ޑިރެކްޓަރުގެ ގްލޯބަލް ޕޮލިސީ އެޖެންޑާގައި ފާހަގަކޮށްފައިވާ އިސްކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހުކުރު ދުވަހު އައިއެމްއެފްހެޑްކުއާޓާސްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ސިތާރަމަން ގެ އިންޓަވެންޝަންގައި ވިދާޅުވީ، އެތެރޭގެ ސިޔާސަތުގެ މާހައުލެއް ގާއިމުކުރުމާއި، ސްޓްރަކްޗަރަލް ރިފޯމްތަކަށް ސަރުކާރުން ދޭ ސަމާލުކަމުގެ ސަބަބުން އިންޑިއާގެ އެތެރޭގެ އިގްތިސާދީ ހަރަކާތްތައް ހަރުދަނާވެފައިވާ ކަމަށެވެ.

އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް ލަފާކުރާ ގޮތުގައި އިންޑިއާ އަކީ 2023 ވަނަ އަހަރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދެވެ. އެކަމަނާ ވިދާޅުވީ އިންޑިއާގެ އިގްތިސާދު ދެމިއޮންނާނެ ކަމަށާއި 2022-23 ވަނަ އަހަރުގެ އިކޮނޮމިކް ސާވޭގައި ވާގޮތުން 2022-23 ވަނަ އަހަރު 7 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެކަމަނާ ގެ އިންޓަވެންޝަންގައި ޑިޖިޓަލައިޒޭޝަން، ހާއްސަކޮށް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އަކީ ދުނިޔޭގެ އިގްތިސާދަށް ރަނގަޅު ކެޓަލިސްޓެއް ކަން މި ބަލިމަޑުކަމުން ދަސްވެ، އިންޑިއާގެ ޑީޕީއައިގެ ސަބަބުން އެކްސެސް އަށް އިންގިލާބީ ބަދަލެއް ގެނެސް، ހަރުދަނާ ވިޔަފާރިވެރިކަމުގެ އިކޯސިސްޓަމެއް އުފެދިފައިވާ ކަން ފާހަގަކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ގްލޯބަލް ސޮވަރިން ޑެޓް ރައުންޑްޓޭބަލްއަށް އިޝާރާތް ކުރައްވައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ނާޒުކު އެހެން ގައުމުތަކަށް މަލްޓި ސްޓޭކްހޯލްޑަރު އެއްބާރުލުމާއެކު ބިނާކުރަނިވި މަގެއް ދައްކުވައިދީފައިވާ ކަމަށާއި ސްރީލަންކާ އާއި ސުރީނަމަށް ހައްލު ހޯދައިދިން ޓީމުގައި ހިމެނުމަކީ އިންޑިއާ އިން އުފާކުރާ ކަމެއް ކަމަށެވެ.

ސީތާރަމަން ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ޖީ-20ގެ ހުރިހާ މެންބަރުންވެސް މަލްޓިލޭޓަރަލް މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!