ޑިމޮކްރެޓިކް ޕާޓީއަކަށް އެމްޑީޕީ ބަދަލުވީ އަދިކިރިޔާ: ރޮޒައިނާ
ޑިމޮކްރެޓިކް ޕާޓީއަކަށް އެމްޑީޕީ ބަދަލުވީ އަދި ކިރިޔާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރީ ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް ބަދަލުވީ އަދި ކިރިޔާ ކަމަށާއި ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާ ވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީ ގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ." ރޮޒެއިނާ ވިދާޅުވި އެވެ.
ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އެވެ. މިއީ އެމްޑީޕީގެ ތާރީހުގައި ވެސް ކ. އަތޮޅުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1346 ވޯޓު ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 136 ވޯޓެވެ.
ކަނބުލޮ ގޮނޑި 24 ގައި ގެއްލުނީމަ ވެސް ތިޔަހެން ބުނެލައްޗޭ
ބޮޑު ކުރި ޓެކްސް އަށް ރައްޔިތުން އާއެކޭ ބުނެފި
ޔޯގާ ޖައްސާ ޖޭ ހިންދު ގޮވުމަށް އާއެކޭ ބުނެފި
އުފެއްދި ސިޔާސީ ވަޒީފާ ތަކަށް އާއެކޭ ބުނެފި
ނޭޅުނު ބުރިޖާ އަންނަނީ އަންނީގެ ވައުދު ތަކަށް އާއެކޭ ބުނެފި
ސިނަމާލެ ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލުގެ ތަރައްގީއަށް ނޫނެކޭ ބުނެފި
އަދުގެ ދިވެހިން
ފަސޭހަ ކަމާ އެކު 2023 އިބޫ ނަގާނެ