ދުވާލު ވަގުތުގައި ހޮނު އަޅާ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން

ޤުދުރަތީ ރީތިކަމަކީ ކޮންމެ މީހަކު ވެސް އާޝޯޚު ކުރުވަނިވި މަންޒަރުތަކެކެވެ. މި މަންޒަރުތައް ގިނަ ބަޔަކަށް ބަލާލެވޭ އެއްގޮތަކީ ފޮޓޯތަކާއި ވީޑިއޯގެ އެހީގައެވެ.
ދާދި ފަހުން ފްލޮރިޑާގެ މީހަކު ވަނީ ގުދުރަތީ އަޖައިބުކުރުވަނިވި މަންޒަރެއްގެ ވީޑިއޯ އޭނާގެ ފޯނުން ނަގާފައެވެ. ދުވާލު ވަގުތުގައި ގަހަކަށް ހޮނު އަޅާ މަންޒަރު އޭނާ ނަގާފައިވަނީ ހޮނުއެޅި ސަރަހައްދާއި 75 ފޫޓު ދުރުގައި އޭނާގެ ކާރުގައި އިނދެއެވެ.
އޭނާގެ ވީޑީއޯ އިން ގަހަށް ހޮނު އެޅުމުގެ ކުރިން ބާރު ގުގުރީގެ އަޑު އިވިގެންދެއެވެ.
ވީޑިއޯ މީސް މީޑިއާ ދައުރުވަމުން އަންނައިރު ގިނަ ބަޔަކު މިކަން ސިފަ ކުރީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައެވެ.
ދުވާލު ވަގުތުގައި ހޮނު އެޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މިފަދަ ގޮތަކަށް ދުވާލު ވަގުތުގައި ހޮނު އަޅައި އުޅުމަށް ސައިންސްވެރިން ކިޔައި އުޅެނީ "ބޯލްޓް ފްރޮމް ދަ ބްލޫ"އެވެ.