ޚަބަރު

ކާޑުގެ ބާަވަތްތައް ގުދަން ކުރާނަމަ، ރަޖިސްޓްރީ ކުރަން ޖެހޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
Whole flour in burlap on white background

ކާޑުގެ ބާވަތްތައް ގުދަން ކުރާ ފަރާތްތަކުން އެތަންތަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ( އެމްއެފްޑީއޭ) އިން އަންގަވައިފިއެވެ.

Ads by Hajj Corporation

މިކަން އަންގަވައި، އެމްއެމްޑީއޭއިން ވަނީ، ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ މިންގަނޑުގައިވާ ގޮތުގެ މަތިން ގުދަންތައް ރެގިއުލޭޓް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 1 އޮގަސްޓް 2023 ގެ ކުރިން ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާ ތަންތަން ރަޖިސްޓްރީ ކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގަވައިފައެވެ.

ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރުމުން އެފަދަ ތަންތަން ރެގިއުލޭޓް ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

  1. ޢިމާދު

    ތިމާމެންނައް ކުރެވޭ ޒާތުގެ ވާހަކަ ދެއްކުންރަގަލުވާނެ