ޚަބަރު

ދަރިފުޅު ލިބުނު ފަހުން، އެންމެ މޮޅަށް ފޮޓޯ ނަގާ މީހާއަށް ވެއްޖެ: އާލިއާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަތަލާ އާލިއާ ބަޓް، އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ މިންވަރު ގިނަވިޔަސް، ދަރިފުޅު ރަހާގެ ފޮޓޯއެއް ލަނީ ވަރަށް މަދުންނެވެ. ދަރިފުޅުގެ މޫނު އާއްމު ނުކުރުމުގެ ވަރުގަދަ "ރޫލް"އެއްވެސް މި ދެ ތަރިން ގެންގުޅެއެވެ.

Ads by STELCO

ނަމަވެސް ހޯމަ ދުވަހު އާލިއާ ވަނީ، ރަންބީރާ ރަހާގެ ފޮޓޯއެއް އިންސްޓެގްރާމަށް ދޫކޮށްލައިފައެވެ.

އެ ފޮޓޯއިން ފެންނަނީ ރަންބީރު، އޭނާ ކައިރީގައި ސްޓްރޯލަރއެއްގައި އިން ދަރިފުޅު ރަހާއަށް ބަލަން އިން މަންޒަރެވެ. އެ ފޮޓޯއިން ރަންބީރުގެ މޫނު ރީތިކޮށް ފެންނަން ހުރިއިރު، ރަހާގެ މޫނެއް ނުފެނެއެވެ.

"އަހަރެންނަށް ހީވަނީ، ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން، އެންމެ މޮޅު ފޮޓޯގްރާފަރަށް އަހަރެން ވެއްޖެހެން." އެ ފޮޓޯގެ ކެޕްޝަންގައި އާލިއާ ލިޔެފައިވެއެވެ.

ރަހާގެ ފޮޓޯ އާއްމުވެދާނެތީ، އާލިއާއާ ރަންބީރު ވަނީ، މުމްބާއީގެ ޕަޕަރާޒީންނާ ބައްދަލުކޮށް، ރަހާގެ ފޮޓޯ ނުނެގުމަށް އެދިފައެވެ. އަދި ވަގުތު ޖެހުމުން، ދަރިފުޅުގެ ފޮޓޯ އާއްމު ކުރާނެ ކަމަށްވެސް އެ ދެތަރިން ވަނީ ބުނެފައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!