ޚަބަރު

މައުމޫން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

Ads by STELCO

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމު ވިދާޅުވީ، ރައީސް މައުމޫން އައިޖީއެމްއެޗްގައި މިއަދު އެޑްމިޓް ކުރައްވާފައިވަނީ އާލާސްކަންފުޅާ އުޅުއްވާތާ ފަސް ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ މައުމޫން އެޑްމިޓް ކުރީ ރޯގާ ދިގުލައިގެންދާތީ ޓެސްޓުތަކެއް ހެއްދެވުމަށެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވެސް ވަޑައިގެން ފަރުވާ ހޯއްދަވައެވެ.

މައުމޫނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު އިއްޔެ އަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!