ޚަބަރު

ދިވެހީންނަށް ގެއްލިގެން އެ ދިޔައީ، ގޭގެ ބިތްދޮށުގައި އޮތް ތަނެއް: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހީންގެ އަތުން، ދާއިމަށް ބީވެގެން އެ ދިޔައީ، ބީވާާން ނުޖެހޭ ތަނެއް ކަމަށާއި، ގެއްލިގެން އެ ދިޔައީ ގޭގެ ބިތްދޮށުގައި އޮތް ތަނެއް ކަމަށް ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރީގެ ނައިބު ރައީސް ޖަމީލު މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން "ޗަގޯސް"މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ދެކުނު ކަނޑުގެ އިން، އިޓްލޮސްއިން އިއްޔެ ކުރި ޙުކުމާއެކު ކަނޑައެޅިގެން ދިޔުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމީލު ވަނީ، ދިވެހީންގެ ތަނެއް ކަމަށް ބުނަމުން އައި ތަނެއް ދޫކޮށްލަން ޖެހުނީ ކީީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

" ކުއްލިއަކަށް ދޫކޮށްލަން ޖެހުނީ ކީީއްވެ؟ ކޮން ސަބަބެއް؟ ކޮން މަސްލަހަތެއް؟ ވިދާޅުވެބައްލަވާ!"

ޖަމީލު ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މިނވަން މުސްތަޤިއްލު ތަނަކަށް ނުވާއިރު، ބައިނަލްއަޤްވާމީ ހަމަތަކުން ބެލިޔަސް، އެފަދަ ތަނެއް ބެލެވޭނީ، އެތަނަކާ އެންމެ ކައިރީގައިވާ ބައެއްގެ ތަނެއް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ނެގި ސްޓޭންޑާއެކު، އިޓްލޮސްއިން ކުރި ޙުކުމުން، ދިވެހީންނަށް ގެއްލިގެން އެ ދިޔައީ "ގޭގެ ބިއްދޮށުގައި އޮތް ތަނެއް" ކަމަށެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ދިވެހިރާާއްޖެއިން ވަކާލާތު ކުރަން ޖެހޭނީ، ދެ ފަރާތަށް އެންމެ މަސްލަހަތު ހުރި، އަދި އެންމެ އިންސާފުވެރި ގޮތަށް ކަމަށާއި، އެގޮތަށް ރާއްޖެއިން ވަކާލާތު ކޮށްފައި ނުވާ ކަމަށެވެ.

"އެގޮތަށް ކުރިނަމަވެސް، މިއަދު އެ ގެއްލިގެން އުޅޭ ސަރަޙައްދުވެސް ނުގެއްލޭނެ."

ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް އެ ޤައުމުން މީގެ ކުރިން، ދަޢުވާ ކޮށްފައިނުވާކަން ފާހަގަކުރައްވައި، ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރަސްކަލަކު އެ ތަނަކީ ދިވެހީންގެ ތަނެއް ކަމަށް ދަޢުވާ ކުރެއްވި ކަމަށާއި، އެކަމަށް އެއްވެސް ފަރާތަކުން އިންކާރު ނުކުރާ ކަމަށެވެ.

 

  1. އަލިހޮއްކޮ

    ދިވެހިންނަށް ގޭގެ ބިތްދޮށުގައި އޮތްތަން ގެއްލުމަށްވުރެން ބޮޑަށް ގެއްލުންވީ ރާއްޖޭގައި ހުރި ފަޅުތަކާއި ރަށްތައް ވިއްކައިގެން ލިބުނު ޑޮލަރުތައް އަމިއްލަ އެކައުންޓަށް ވައްދާ، އެފައިސާއިން މާލެއިން ބޮޑު ގޯއްޗެއްގަނެގެން ގަޑުވަރު އަޅަމުންދާތީއެވެ. އަދި ޖަމީލް ތިޔަ ވަކާލާތު ކުރަނީ އެފައިސާ އަބުރާ ދިވެހި ދައުލަތަށް ލިބުނަ ނުދިނުމަށެވެ.

  2. ނާޅި

    ދިވެހިން ޒަމާނުއްސުރުން އެމީހުންގެ ތަނެއްކަމުގައި ބުނާ ފޯޅަވަހި ދިވެހިންގެ އަތުން ބީވެގެން ދިއުމަކީ ދެރަކަމެއް ! ބުނެވޭ ގޮތުގައި ފޯޅަވަހި ޖަޒީރާތަށް އޮތީ އަދިވެސް އިގިރޭސިންގެ އަތްދަށުގައި އެމީހުންގެ ބާރު ހިގާ ތަނެއްގެ ގޮތުގައި މޮރިޝަސް މިނިވަންވީ އިރު ފޯޅަވަހި އޮތީ ހަމަ އިގިރޭސިން މަސްބާނަން ގެންގުޅޭ ސަރަހައްދެއްގެ ގޮތުގައި އަދިވެސް ! ފޯޅަވަހި އަތޮޅު ލިބެންޖެހޭނީ ދިވެރާއްޖެއަށް އެއީ ދިވެހިންގެ އަތޮޅެއް، މަލިކް ބީވެގެން ދިޔަގޮތަށް ފޯޅަވަހިވެސް ބީވެގެން މިދިޔައީ !