ޚަބަރު

އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by STELCO

އެސްޓީއޯ އިން މިއަދު އާންމުކުރި އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާރއާ އަޅާ ބަލައިއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށްއާއި ބަދަލާއިއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރއާއި އަޅާބަލައިރު އާމްދަނީ ވަނީ 3 އިންސައްތައިން ދަށްވެފައެވެ.

ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 809މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާ އަޅާ ބަލައިއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 503މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރގެ ސާފުފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 368 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ. 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!