ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި މީހާގެ ޙާލު ސީިރިއަސް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ޙާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މި އެކްސިޑެންޓްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަގޮތުގައި އެކްސިޑެންޓްވީ ސަރަހައްދުގައި ގިނަ އަދަދަކަށް ލޭހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ޕިކަޕަކާއި، ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާކަމުގެ މަޢުލޫމާތު އިއްޔެ 15:17 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވާކަމަށާއި، އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ފުލުހުން ވަނީ، އޭނާގެ ޙާލު "ސީރިއަސް" ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!