ޚަބަރު

"ޖަބް ވީ މެޓް" ކުޅެން ފުރަތަމަ ފުރުސަތު ދިނީ ކަރީނާ އަކަށް ނޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ފިލްމު "ޖަބް ވީ މެޓް" އަކީ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރުގެ އެންމެ ކާމިޔާބު ފިލްމެވެ.

Ads by Hajj Corporation

2007 ވަނަ އަހަރު ނުކުތް އެ ފިލްމަށް އަދިވެސް އެތައް ބައެއްގެ ލޯބި "އޮހެނީ"އެވެ. އެނގޭހެއްޔެވެ؟ މި ފިލްމު އެންމެ ފުރަތަމަ ހުށަހެޅީ ކަރީނާއާ ޝާހިދަކަށް ނޫނެވެ.

މި ފިލްމު ކުޅެން އެންމެ ފުރަތަމަ ފުރުސަތު ދިނީ ސަލްމާން ޚާންއާއެކުގައި ފިލްމު "ތޭރޭ ނާމް"އިން ފެނުނު ބޫމިކާ ޗާވްލާއަށާއި، ބޮބީ ޑިއޯލްއަށެވެ. ދާދި ފަހުން، ޗެޓް ޝޯއެއްގައި ބޫމިކާ ވަނީ މިކަން ހާމަކޮށްފައެވެ.

އޭނާ އެ ފިލްމު ކުޅެން ސޮއި ވެސް ކުރިއެވެ. ފިލްމަށް ފުރަތަމަ ދީފައި އޮތް ނަމަކީ "ޓްރެއިން" ކަމަށްވެސް އޭނާ ބުންޏެވެ.

ފިލްމުގެ ޕްރޮޑަކްޝަން ހައުސްއަށް އައި ބަދަލާއެކު، ބޫމިކާއާއެކު ބަތަލުގެ ރޯލު ދެން ދިނީ ޝާހިދަށެވެ. އެއަށްފަހު، ބޫމިކާ އަތުން ރޯލު ގެއްލި، ފުރުސަތު ދިނީ އައިޝާ ޓާކިއާ އަށެވެ. ދެން އެންމެ ފަހުން ފުރުސަތު ލިބުނީ ކަރީނާއަށެވެ.

ބޫމިކާ ބުނީ "ޖަބް ވީ މެޓް" ގެއްލުމުން އޭނާ ވަރަށް ދެރަވި ކަމަށެވެ. ނަމަވެސް އޭނާ އަކީ ވަރަށް ފަސޭހައިން މިކަހަލަ ކަންކަން ހަނދާން ނެތޭ މީހެއް ކަމަށްވެސް ބުންޏެވެ.

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!