ޚަބަރު

ސާވިސް ޗާޖް މައްސަލައިގައި ވަކިކުރި މީހާއަށް ވަޒީފާއެއް ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ހޮނޑާފުށި ރިސޯޓުގައި ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދިންކަން ފަޅާއަރުވާލި ކަމަށް ބުނެ އެ ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ހުށަހަޅައިފިއެވެ.

Ads by STELCO

ވަޒީފާއިން ވަކިކުރި ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ބުނެފައިވަނީ، ވަޒީފާއިން ވަކި ކުރުމަށްފަހު މިހާރު އޭނާ ރިސޯޓުން ބާލާފައިވާ ކަމަށެވެ. އޭނާ އަކީ ހޮނޑާފުށި ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައި ހުރި މީހެކެވެ.

ޝިމްހާޒް ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްލާފައިވަނީ، ރިސޯޓާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރަން މަސައްކަތް ކުރީ މަސަތްކަތަށް ފަރުވާކުޑަ ކަމަށް ބުނެއެވެ.

ސޭލްސްކޯ ނަމަކަށް ކިޔާ ކުންފުންޏަކުން ބުނީ ޝިމްހާޒަށް ވަޒީފާ ދިނުމަކީ އެކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކުންފުނީގައި މަސައްކަތްކުރަން ޝަކުގުވެރިވާނަމަ ސީވީ ފޮނުވަން އެދޭކަމަށެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ޙައްޤުގައި ވަކާލާތު ކުރުން އެއީ ސޭލްސްކޯ އިން ބާރުއަޅާ ކަމެއް ކަމަށް އެކުންފުނިން ބުންޏެވެ.

ޝިމްހާޒް ބުނިގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!