ގެއްލުނު ދޯނި ދިޔައީ އަޑިއަށް، މީހުން ފެނިއްޖެ
ދެ މީހުންނާ އެކީ ދަތުރުކުރަނިކޮށް ގެއްލުނު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި އޭގެއިން ދަތުރުކުރި މީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނިން ދަތުރުކުރި ދެމީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމަށާއި ގެއްލުނު ޖަންބޯ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމީހުން ނެގި ލޯންޗުގެ ކެޕްޓަނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ލޯންޗުން ނެގި މީހުން މިހާރު އެހެން ދޯންޏެއްގައި މާލެއަށް ދަތުރުކުރަމުންދާ ކަމަށާއި މި ހާދިސާއާއި ގުޅޭ އިތުރު ތަފްޞީލްތައް މިއަދު ހަވީރު 16:30 ހާއިރު ލިބޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓް ވެސް ވަނީ މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.