ޚަބަރު

މިދިޔަ އަހަރާ އަޅާ ބަލާއިރު ދައުލަތުގެ ހަރަދު 28 ޕަސެންޓު ބޮޑުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ އަހަރާ އަޅައި ބަލާއިރު ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރު 28 ޕަސެންޓު އިތުރުވެއްޖެއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހައިތަނަށް ދައުލަތުން ޖުމްލަ 15.9 ބިލިޔަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިދިޔަ އަހަރު ދައުލަތުން މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ 1.7 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރުދަނާ ނަތީޖާއާއި، ގުޅުންހުރި އެހެނިހެން ދާއިރާތަކަށް ލިބުނު ހެޔޮ ހީނަރުކަމުގެ ސަބަބުން، 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިއެރުން، ކުރިން ލަފާކުރި 7.6 އިންސައްތައިން 9.4 އިންސައްތައަށް ވެސް ވަނީ އިތުރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!