ޚަބަރު

ބޭނުންވާ ވަރަށް ކާޑު އެބަހުރި، ގެ ކާޑު ގުދަނަކަށް ނުހައްދަވާ: އެސްޓީއޯ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑު އެބަ ހުރި ކަމަށާއި މިއީ ކޮންމެ ގެއެއްގެ ސިޓީން ރޫމް ކާޑު ގުދަނަކަށް ހަދަންވީ ވަގުތު ނޫން ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

Ads by STELCO

ފުރަތަމަ ފަހަރަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ދެ މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ.

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖޮންގް ޑިރެކްޓަަރު ހުސެއިން އަމްރު ވިދާޅުވީ މިވަގުތު ވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާޑުގެ ބާވަތްތައް ލިބެން އެބަހުރި ކަމަށާއި އެގޮތުން އާންމުކޮށް މިތަކެތި ގަންނަ އުސޫލުގެ ދަށުން ގަންނަނަމަ ހުސްނުވެ ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

"އެހެންވީމަ މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިންރޫމް ކާޑު ގުދަނަކަށް ހަދަންވީ ވަގުތެއް ނޫން. މިވަގުތަކީ ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަން ޖެހޭ ވަގުތެއް ނޫން. ހަމަ އާންމުކޮށް ކައިބޮއެ އުޅުނީމަ އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް ވެސް އެކަން ކުރެވިދާނެހެން،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކާޑުގެ އިތުރުން ބޭސްވެސް ލިބެން ހުންނާނެ ކަމަށާއި އިންޑިއާއިން ބޭސް ލިބުން ނުހުއްޓޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖައްސަން ފޮރިން މިނިސްޓްރީއިން މަސައްކަތް ކުރަމުންދާކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!