ޚަބަރު ސިޔާސީ

ޢާޒިމް ވަންނާނެ ޕާޓީއެއް ނެތިގެން އުޅުއްވާކަށް ނުޖެހޭނެ: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް، އާދަމް ޝަރީފު ޢުމަރު

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަކި ކުރިޔަސް، ވަންނާނެ ޕާޓީއެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ ޢާޒިމް އުޅުއްވަން ނުޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް މިހެން ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޢާޒިމް ސޮއިކުރެއްވުމުން،  އޭނާ އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީން ވަކިކުރިޔަސް، ޢާޒިމް އެކަނި ނުވާނެ ކަމަށާއި ވަންނާނެ ޕާޓީއެއް ނެތިގެން ވެސް އުޅެން ނުޖެހޭނެ ކަމަށެވެ.

ޢާޒިމް ގެންދަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގައި ވަރަށް އިސް ސަފެއްގައި ހަރަކާތްތެރިވަމުންނެވެ.

މިގޮތުން ރައީސް ޞާލިޙުގެ ސަރުކާރުގެ ގިނަ ނިންމުންތަކަށް އޭނާ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކާއެކު އާޒިމް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވައިފައެވެ.

ޢާޒިމް ވަކިކުރަން ނިންމިކަން ޕާޓީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަަމަވެސް އިއްޔެ އެކަމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި, ޢާޒިމް ޕާޓީން ވަކިކުރަން ވަނީ ނިންމައިފައެވެ.

ޢާޒިމް ވަނީ މި ދައުރުގައި އެމްޑީޕީގެ ޕީޖީގެ ލީޑަރުކަން ކުރައްވައިފައެވެ. ޑީއާރުޕީގައި ހުންނެވުމަށްފަހު އެމްޑީޕީއާ ޢާޒިމް ގުޅިވަޑައިގަތީ 2013 ވަނަ އަހަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!