ލައިފްސްޓައިލް ސިއްޙަތު

ބަނޑުގައި ވައި ހެދޭނަމަ، މި ކާނާ ތަކުން ދުރުހެލިވޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބަނޑުގައި ވައި ހެދުމަކީ ގިނަ ބަޔަކަށް ވަރަށް ގިނައިން ދިމާވާ ސިއްހީ މައްސަލައެކެވެ. އަދި އެހާމެ ވޭން ހުރި ކަމެއް ވެސް މެއެވެ. ނަމަވެސް ބަނޑުގައި ވައި ހެދުމަކީ ދިރިއުޅުމަށް ގެންނަ ބަދަލުތަކާއެކު ރަނގަޅު ކުރެވިދާނެ ކަމެކެވެ. އެގޮތުން ފައިދާހުރި ކާނާ ބޭނުން ކުރުން މުހިންމެވެ.

Ads by Sosun Fihaara

ކާ އެއްޗެއްސަކީ ވައި ހެދުމުގައި ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ބައެއް ކާނާ ތަކަކީ އޭގެ ސަބަބުން މައްސަލަ އިތުރަށް ގޯސްކުރުވާ ކާނާ ތަކެވެ. ވައި ހެދުމުގެ މައްސަލަ ކުރިމަތިވާ ފަރާތްތައް މި ކާނާތަކުން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ.

ގޭސް އުފެއްދުން އިތުރުކުރާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ :-

ތޮޅީގެ ބާވަތްތައް
އޮށުގެ ބާވަތްތައް
ގޮދަނުގެ ބާވަތްތައް
ބަނބުކެޔޮ
ކޮލިފްލާވަރު
ބްރޮކަލ
ސަތާވަރީ
ކެބެޖް
ބުރަސެލް ސްޕްރޫޓްސް
ޕްރޫންސް
ކޮފީ،
ކޯލާ،
ކަޅުސައި
އެނާޖީ ޑްރިންކްގެ ވައްތަރުތައް
ފިޒީ ޑްރިންކްގެ ވައްތަރުތައް

ބަނޑުގައި އުފެދޭ ވައިގެ އުދަނގުލުން އެއްކޮށް މިންޖުވުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ވައިގެ އުދަނގޫތައް ކުރިމަތިވުން ކުޑަކުރުމަށް މަސައްކަތްކުރެވިދާނެ އެވެ. ބަނޑުގައި ވައި އުފެދުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

ކާބޯހައިޑްރޭޓް އެކުލެވޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރުން
އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި، ލުއިލުއިކޮށް އިރުއިރުކޮޅާ ކަމުން ގެންދިއުން ގިނައިން ދިޔާތަކެތި ބުއިން
އެކަށޭނަ ވަރަށް ކަސްރަތުކުރުން
އުނަގަނޑު މައްޗަށް ބާރުކޮށް ހުންނަ އަންނައުނު ނުލުން
އާޓިފިޝަލް ސްވީޓްނަރސް ބޭނުންކުރުން މަދުކުރުން
ލަސްލަހުން، ރަގަޅަށް ހަފައިގެން ކެއުން : ރަގަޅަށް ހަފައިގެން ކެއުމަކީ ވައިގެ އުދަނގޫ ކުޑަކުރުމަށް ކުރެވިދާނެ އެންމެ ރަގަޅު އެއްކަންތަކެވެ. ގިނައިން ގޭސް އުފެދެނީ ބަނޑުގައި ހަޖަމުކުރާ އެންޒައިމްތަކުން ހަޖަމުނުކުރެވި ހުންނަ ކާތަކެތި ހަލާކުކުރުމަށް މަސައްކަތްކުރާ ބެކްޓީރިޔާތަކުންނެވެ.
ދުންފަތުގެ އިސްތިއުމާލުކުރާނަމަ، އެކަމާ ދުރުހެލިވުން

  1. އަލީ

    ވަރަށް މުހިންމު ކުޅި އެއްޗެހި ނުކެއުން

  2. އަހުމަދު

    ސަތާވަރީ އެއީ ކޮން މޭވާއެއް ނުވަތަ ތަރުކާރީއެއް އިނގިރޭސި ނަމަކީ ކޮބާ އޭރުން އެނގިދާނެ އެއެތި. ދިވެހި ލިޔުމަކުން އަދިކިިރިޔާ ސަތާވަރީ މިފެނުނީ. މާލޭގަ ސަތާވަރީގެ ކިޔާ ގެއެއް އިނދޭ. ދެން ސަތާވަރީއަކީ ކޮންއެއްޗެއް