ޚަބަރު ސިޔާސީ

ޕާޓީގެ ފިކުރާއި ދެކޮޅަށް މަސައްކަތް ކޮށްގެން ޕާޓީން ކަނޑައިލާނަމަ، އެންމެ ފުރަތަމަ ކަނޑައިލަންޖެހޭނީ ރައީސް ޞާލިޙު: ޝިޔާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މެމްބަރު ހަސަން ޝިޔާން

ޕާޓީގެ ފިކުރާއި ދެކޮޅަށް މަސައްކަތް ކޮށްގެން ޕާޓީން ކަނޑައިލައިނަމަ ،އެންމެ ފުރަތަމަ ކަނޑައިލަންޖެހޭނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މުޅި ޕާޓީ ހަލާކުކޮށްލާފައި ކަމަށެވެ.

"ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކޮށްގެން ޕާޓީން ކަނޑާލާނަމަ ފުރަތަމަ ޕާޓީން ކަނޑާލަން ޖެހޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު. އަބަދުވެސް މަސައްކަތް ކުރަމުން ގެންގޮސްފައި ހުރީ ޕާޓީގެ އަސާސްތަކާއި ދިމާ އިދިކީލަކޮށް ވައްކަން އޯކޭ ކަމަކަށް ހަދައިގެން، މުޅި ޕާޓީ ހަލާކުކޮށްލައިފި" ޝިޔާން ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރި މައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް ވަނީ އެއް އަހަރު ދުވަހަށް އެމްޑީޕީން ވަކިކޮށްފައެވެ.

އަދި މީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފު ވަމުންދާތީ، ފަހުގެ އިންޒާރު ދީފައިވަނީ  އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!