ނޮވެމްބަރު 11 ގެ ފަހުން ރައީސް ޞާލިހެކޭ ރައީސް ވަހީދެކޭ ވާނީ އެއްގޮތް: ޝިޔާން

މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ގެ ފަހުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެކޭ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެކޭ ވާނީ އެއްގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ޝިޔާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސީ އެއްވެސް ބުރަދަނެއް ނުހުންނާނެކަމަށެވެ.
"ސިޔާސީ ގޮތުން ވިސްނަވާ ކޮންމެ ބޭފުޅަކަށް ސާފުވާނެ ނޮވެމްބަރު 11 ގެ ފަހުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެކޭ 2012 ގެ ބަޣާވާތުގެ ޑރ. ވަހީދެކޭ ވާނީ ހަމަ އެއްގޮތް. ސިޔާސީ ގޮތުން މާދަމާ އެއްވެސް ބަރުދަނެއް ނުހުންނާނެ. މީ ލައްކަ ވާހަކަ މިއަދު ރައީސް ވަހީދު އެހުރި ތަން ވިސްނާ ބަޔަކަށް ސާފުވާނެ" ޝިޔާން ވިދާޅުވިއެވެ.
މެމްބަރު ޝިޔާން ރައީސް ޞާލިހަށް ފާޑު ވިދާޅުވިއިރު، މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރީގައި ދަނީ ކުރިއަށެވެ. ޝިޔާން ހުންނެވީ ރައީސް ނަޝީދުގެ ފަޅީގައެވެ.
ޕްރައިމަރީގެ ފޯރިގަދަ ކެމްޕެއިނުގައި، މިހާރު އަތޮޅު ތެރޭގެ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް ވެރިކަމަށް ގެންނަން އެންމެން އެއްބަސްވީ އިތުރު ގޮތެއް ނެތިގެން ކަމަށް ވިދާޅުވެފައެވެ.
ތިޔަސިޔާނު ހަންޑީބޭއަށް ސަޕޯޓު ކުރާނެނު 2008 ގައި ހަންޑި ބޭސަރުކާރުއާ ހަވާލު ވީއްސުރެ މިއަދާ ހަމައަށްވެސް މިރާއްޖޭގެ ހެދުމުންދާ ކަރާ ދަޅުގައި ބަންދުކޮށްގެން އެކުސްޕޯޓު ކުރާތާ މިހާރު 15 އަހަރު ވަނީވިއްޔާ އެހެންވެ ސިޔާނު ހަންޑިބޭއަށް ތާއީދު ކުރަނީ ވަރަށް ވަރަށް ސާފް އިނގޭތޯ
ވަހީދު އެއީ ތައުލީމީ ބޭފުޅެއް
މިސްޓަރ ޝިޔާން ނޭނގުނޭތިޔަވިދާޅުވިބަހުގެ މަޢުނައެއް އޭގެމައްޗަށް ހިތާރޫޙު ރޮއްވައިފިއޭ