ޕްރިޔަންކާ ދަރިފުޅާއެކު އައު ފޮޓޯއެއް ހިއްސާ ކޮށްފި

ކަޒިން އަދި އެކްޓްރެސް ޕަރިނީތީ ޗޯޕްރާގެ އެންގޭޖްމަންޓަށް ިއިޓަލީގެ ވެނިސްއަށް ދިޔުމަށް ފަހުގައި، ޕްރިޔަންކާ ޗޯޕްރާ އެނބުރި އެމެރިކާއަށް މިވަނީ ގޮސްފައެވެ.
ޕްރިޔަންކާ، އޭނާގެ ދަރިފުޅު މާލްޓީ މާރީއާ ދުރުގައި ހުރުމަށްފަހު، ދަރިފުޅު ކައިރިއަށް ދެވުމުން ހިއްސާ ކުރި ފޮޓޯ މިވަނީ އިންޓަރނެޓްގެ ސަމާލުކަން އަތުލައިފައެވެ.
ޕްރިޔަންކާ ހިއްސާ ކުރި ފޮޓޯއިން ފެންނަނީ، މާލްޓީގެ ޕްލޭޕެންގައި، އޭނާހެ ދަރިފުޅާއެކު ކުޅެން އިން މަންޒަރެވެ. ނަމަވެސް ފޮޓޯއިން މާލްޓީގެ މޫނެއް ނުފެނެއެވެ.
ޕްރިޔަންކާ މީގެ ކުރިން ވަނީ، އޭނާގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

ޕްރިޔަންކާ، އޭނާގެ ދަރިފުޅު މާލްޓީއާއެކު ކުޅެނީ
ދާދި ފަހުން ދިން އިންޓަރވިޔުއެއްގައި ޕްރިޔަންކާ ބުނީ، އޭނާގެ ދަރިފުޅު އަބަދުވެސް ބަހައްޓަނީ ގާތް މީހެއްގެ ކައިރީގައި ކަމަށާއި، އޭނާ ޝޫޓިންތަކުގައި އުޅޭއިރު، ދަރިފުޅު ބަލައިދޭނީ އޭނާގެ މަންމަ ނުވަތަ މައިދައިތަ ކަމަށެވެ.
ނިކްއާއި ޕްރިޔަންކާ ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. އެ ދެ މީހުންނަށް މާާލްޓީ ލިބުނީ މިދިޔަ އަހަރުއެވެ. މި އަހަރުގެ ޖެނުއަރީ މަހުގައި މާލްޓީއަށް ވަނީ އެއް އަހަރު ފުރިފައެވެ.