އަޅުގަނޑުގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެ: ޖާބިރު

ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ މަސްވެރިންގެ މާކެޓްއަށާއި ދަނޑުވެރިންގެ މާކެޓަށް ޒިޔާރާތްކޮށް އެފަރާތްތަކުގެ ކަންބޮޑުވުން އައްސަވާ އެސަރަހައްދުގައި ހުންނަވައިގެން އަޑުގަދަ ކުރާ ބޭނުން ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ޖާބިރު ވިދާޅުވީ އެހާ ބުރަ މަސައްކަތެއް ކުރައްވައިގެން ސަރުކާރު ގެނައުމުން ވެސް ފެނިގެން ދަނީ މަސްވެރިންނާއި ދަނޑުވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނާއި ދޭތެރޭ ކެބިނެޓްގެ މިނިސްޓަރުން އަގަލު ކުޑަކޮށް ކަންތައް ކުރަމުން އަންނަ މަންޒަރު ކަމަށެވެ. އެފަދަ މަންޒަރެއް ނުފެންނާނެ ކަމުގެ ޔަގީން ކަން ދެއްވައި، އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އޭނާ ހޮއްވަވައި ދެއްވުމަށެވެ.
"ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނޭ! އަޅުގަނޑުމެންގެ ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރު ލިބޭނެ، ހަމަ މިހާރުން މިހާރަށް ޗައިނާ ސަރުކާރާއި އެކު ހަދާފައިވާ އެގުރީމެންޓް ތަންފީޒު ކުރަން ޖެހޭ، ވަގުތުން ވަގުތައް އަބްދުﷲ ޔާމީން ދޫކޮށްލަންވީ" ޖާބިރު ވިދާޅުވިއެވެ.
ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތައް ބިކަވަމުންދާކަމަށް ވިދާޅުވެ ޖާބިރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.