ޚަބަރު

ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލުކަން އެމްއޭސީއެލްގެ އެބަހުރި: ފައްޔާޒް

ދެން އެމްވީ ، ދެން އޮންލައިން

ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުން ޖީއެމްއާރު އަތުން ނެގުނީ އެމްއޭސީއެލްއަށް އެކަން ކުރުމުގެ ގާބިލްކަން ހުރުމުން ކަމަށެވެ.

"ކުޑަކުޑަ ސީޕްލޭން ޓާމިނަލްއެއް ހިންގާލުމުގެ ފުރިހަމަ ގާބިލްކަން އެމްއޭސީއެލްގެ އެބަހުރި. އަދި އެކަން އެގޮތަށް ކުރާނެކަމާ މެދު ޝައްކެއް ނެތް. އެއްބަސްވުންތަކަށް އިހުތިރާމްކޮށް ކުރިއަށް ދާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ދާދި ފަހުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ހަވާލުކުރަން އުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!