ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ދުރު ނުކުރެވޭނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ވެއްދުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ނަޝީދާއި އެ ޕާޓީގެ މެމްބަރުންތަކެއްގެ މެދުގައި ހިނގި ހޫނު ބަހުސެއްގެ ތެރެއިންނެވެ.
ރައީސް ނަޝީދު ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒަށް ނިސްބަތްކުރައްވައި، އީވާ ވަކި ކުރަން ހުށަހެޅުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި “ނިޔާ ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ.” ކަމަށް ވިދާޅުވެ ނަޝީދުވަނީ އިންޒާރު ދެއްވައިފައެވެ.
ނަޝީދުގެ މެސެޖަށް ޖަވާބު ދެއްވަމުން ނިޔާޒު ވަނީ އެއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް މިވަގުތު އެ ނިންމުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކު އިއްޔެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ 22 މެންބަރުންގެ ސޮއިއާއެކުގައެވެ. އެއީ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައެވެ. މަޤާމުން ވަކިވާނީ ދެބައިކުޅަ އެއްބައިގެ ތާއީދާއެކުގައެވެ. އެއީ 43 މެންބަރުންނެވެ.
އެކަން ކުރާނެ