ޕާޓީގެ އަމާޒަކީ ދެފުށް ފެންނަ ހެޔޮ ވެރިކަމެއް ޤާއިމްކުރުން : އަފްޝަން
“ދަ ޑިމޮކްރެޓްސް” ޕާޓީގެ އަމާޒަކީ ދެފުށް ފެންނަ ހެޔޮ ވެރިކަމެއް ގާއިމް ކުރުން ކަމަށް ޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝަން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މަގްސަދަކީ ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ގިނަބައެއްގެ ބަހާއި އެކު ޕާޓީގެ ސިޔާސަތުތަ ދެމެހެއްޓުން ކަމަށެވެ.
އަދި އެގޮތުގެ މަތިން ޕާޓީ ހިންގުމާއި ޕާޓީގެ އޮނިގަނޑު ކަނޑައެޅުމަކީ ވެސް އަމާޒެއް ކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ކަމަށާއި ހުއްޓުމެއްނެތި މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުމަކީވެސް ޕާޓީން ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެއް އަމާޒަކީ ދެފުށް ފެންނަހެޔޮ ވެރިކަމެއް ގާއިމްކޮށް ކުރިއެރުވުން ކަމަށް އަފްޝަން ވިދާޅުވިއެވެ.
“ ސަރުކާރު ޖަވާބުދާރީ ކުރުމަކީވެސް އަޅުގަނޑުމެން ވަރަށް ކުރަން ބޭނުންވާ ކަމެއް. މި ޕާޓީގެ އެއް އަމާޒަކީ ޓްރާންސްޕޭރެންސީ އާއި އެކައުންޓަބިލިޓީ، ޖަވާބުދާރީ ވުން، ދެފުށް ފެންނަހެޔޮ ވެރިކަން ހެޔޮ ހިންގުން ގާއިމްކޮށް ކުރިއެރުވުން”
ތިކަމެންނުވާނެ ހާސަކޮން.މޑޕ ގެ އުޅެފަވިއްޔަ
ޗާގޯސްގައި ވެރިކަން ކުރަން ތިޔަ ޕާޓީ ދާންވީ ނުންތޯ !
އަޑު އަހާއަހާ ފޫހި ވާހަކައެއް
ސިޔާސީ ޕާޓީ ނިޒާމް މިރާއްޖޭގައި ވަނީ ފެއިލްވެފައި ސިޔާސީ މީހުންގެ އަމިއްލަ އެދުން މާބޮޑުކޮށް ލުމުނަ!
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މީހުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !