ޓިކްޓޮކް ގްރޫޕް “ފެހިމަންޒިލް” އިން މިއަދު ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
ރާއްޖޭގައި ހަރަކާތްތެރިވާ ޓިކްޓޮކް ފަންނާނުންގެ ގްރޫޕް ފެހިމަންޒިލް އިން މިއަދު ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މިއަދު ހަވީރު 4 އިން އިރުއޮއްސި 6އާ ދެމެދު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ހަވީރަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި, ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ހަވީރެކެވެ. މި އިވެންޓްގެ ތެރެއިން ޓިކްޓޮކް ފަންނާނުންނާއެކު ނަށާލާ, ލަވަ ކިޔާލާ, މަޖާކޮށްލުމުގެ ފުރުސަތު ހުރިހާ ލިބިގެންދާނެ ކަމަށް ފެހިމަންޒިލްގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ޒުކާ (ޒެކޯ) ބުންޏެވެ.
“މިއީ ޓިކްޓޮކް ފަންނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ގްރޫޕެއް. މިއީ ފުރަތަމަ ހަރަކާތް, އިރާދަކުރެއްވިއްޔާ ކުރިޔަށް ބޮޑެތި ހަރަކާތްތަކެއް އެބައޮތް” ޒެކޯ ބުނީ މިއީ މި ގްރޫޕްގެ ފުރަތަމަ ހަރަކާތް ކަމަށާއި, މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނަށް ގިފްޓް ޕެކް އަދި ފައިސާ އިނާމު ބެހުން ވެސް ކުރިޔަށް ދާނެ ކަމަށެވެ.
“ފެހި މަންޒިލް ޖަހާފައި ހުންނަ ޓީޝާތުތަކުގައި ތިބޭފުޅުންނަށް ފެންނާނެ މިއަދު އަޅުގަނޑުމެން ސެންޓްރަލް ޕާކުގައި”
ފެހިމަންޒިލް ޓީމުން ދަނީ ކުރިޔަށް ދުވަސްތަކަށް ތަފާތު ޕްރޮގްރާމްތައް ރާވަމުންނެވެ. މިގޮތުން އަންނަ މަހު ރާއްޖެއަށް ހުޅުވާލައިގެން ޓިކްޓޮކްޗެލެންޖެއް ބާއްވަން ރާވަމުން އަންނައިރު, ލޭ ހަދިޔާ ކުރުން ފަދަ އިޖްތިމާއީ ހަރަކާތްތައް ވެސް ކުރިޔަށް ހުރި ކަމަށް އެ ގްރޫޕްއިން މައުލޫމާތުދެއެވެ.