Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މަކުނުދޫ އަލިފާނުގެ ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ރައްޔިތުންގެ އެއްބައިވަންތަކަމުން: އިމްރާން

މަކުނުދޫ އަލިފާނުގެ ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ރައްޔިތުންގެ އެއްބައިވަންތަކަމުން: އިމްރާން

ހދ. މަކުނުދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ކުޑަކުރެވުނީ އެރަށު ރައްޔިތުންގެ އެއްބައިވަންތަކަމުންކަމަށާއި އެކަމަށްޓަކައި އެރަށު ރައްޔިތުންނަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ތައުރީފުކުރައްވައިފިއެވެ.

ރޭ އަށެއް ޖަހާކަށް ހާއިރު ހދ. މަކުނޫދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް އާއިލާއެއްގެ އަށް މީހުން ދިރިއުޅެމުން އައި، އަލްފާގެ ވަނީ ދިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ގުޅައިގެން ހޯއްދަވަމުން ގެންދެވިކަމަށެވެ.

"ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން މި ހާދިސާގައި ގެއްލުން ކުޑަކުރެވިފައިވާ ވާހަކަ ފާހަގަވި. މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި އަޅުގަނޑުމެން ބައިވެރިވަން. ﷲ ހެޔޮގޮތް މިންވަރު ކުރައްވާ ހެޔޮ ރަހުމަތް ލައްވާށި" އިމްރާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރޭ މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓަކުން ކަމަށް ލަފާކުރެއްވޭކަމަށް އެރަށުން "ދެން" އާއި ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް