ޚަބަރު

އެމްއާރްއެމް އުވާލުން މަޑުޖައްސާލަން އަމުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

Ads by STELCO

އެމްއާރްއެމް އިން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެމްއާރްއެމް އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލަން އަމުރުކޮށްފައެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވުމާ ގުޅިގެންނެވެ.

މީގެކުރިންވެސް 3000 މެންބަރުން ހަމަނުކުރެވުމުން އެމްއާރްއެމް އަށް އޮތީ ނޯޓިސް ދީފަ އެވެ. އެފަހަރު މެންބަރުން ހަމަކުރުމަށްފަހު ފޯމު ހުށަހެޅި ނަމަވެސް އެންމެފަހުން އީސީން ހާމަކުރި ތަފާސްހިސާބުން ދައްކާގޮތުން އެމްއާރްއެމްގެ މެންބަރުންގެ އަދަދު ހަމައެއް ނުވެ އެވެ.

މެންބަރުން ހަމަކުރުމަށް އެމްއާރްއެމްއަށް 2 ވަނަ ނޯޓިސް ފެބުރުއަރީ 22 ގައި ފޮނުވިއިރު އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މޭ 22 ވަނަ ދުވަހަށެވެ.

އެމްއާރްއެމް އަކީ މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!