ޚަބަރު ސިޔާސީ

ރަށްރަށުގައި ހުރި އެމްޑީޕީ ހަރުގެތައް ވެސް، ޑޮމޮކްރެޓްްސް އަށް އަންނަނީ ބަދަލުވަމުން: ޢަމްރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތައްވެސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ "ދަ ޑިމޮކްރެޓްސް"އަށް ބަދަލުވަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، އެމްޑީޕީ ހަރުގެ ހިންގާ އިމާރާތާއި އެތަނުގެ ވެރި ފަރާތުން އިއްޔެ ވަނީ ހަވާލުވެފައެވެ.

އަދި އެތަނުގައި މިހާރު ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ފަށައިފައެވެ.

މިކަމާ ގުޅިގެން "ކޯޓުގައި މައްސަލަ އޮއްވައި އެމްޑީޕީގެ މައި ހަރުގެއަށް ޑިމޮކްރެޓްސް ވަނުން" މި ސުރުޙީގެ ދަށުން "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވައި، ޢަމްރު ވިދާޅުވީ، ނޫސްވެރިކަން ވެސް އަޅުވެތިވެފައިވާ ކަމުގައެވެ.

 

"ސަރުކާރުން އަންގައިގެން މީހުންނަށް ހަޤީޤަތް އޮޅުވާލަން ހެޑްލައިން ޖެހުމަކީ ނޫސްވެރިކަން ވެސް އަޅުވެތި ކޮށްފަވާ މިންވަރު ފެންނަ ކަމެއް. ރަށްރަށުގައި ހުރި އެމްޑީޕީ ހަރުގެތައް ވެސް ހައުސް އޮފް ދަ ޑިމޮކްރެޓްސް އަށް އަންނަނީ ބަދަލުވަމުން."

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ.

ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް އެއްބަސްވެވިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ނަމަވެސް, އެއްބަސްވުމާ ޚިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީޢަތް ހިނގަނިކޮށް ޝަރީޢަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މުދަލަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

 

Ads by Allied Insurance
  1. ބިރުބޮޑު

    ލާދީނީ ކުރިއަރުވަން ބޭނުން ޖަގަހަތަށް ދަނޑިދަމާޑިމޮކުރެސީއަށް ބަދަލުވެދާނެ ވަރަށް ވަރަށް ސާފް