ޚަބަރު ސިޔާސީ

އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުމަކީ ނަހި ކުރައްވައިފައިވާ ކަމެއް: ރައީސް މައުމޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކަން ފާހަގަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

އެމްއާރްއެމްގެ ޒަޢީމް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް ”ޗޯރު އިބުރޭ“ ކިޔުމުން އެކަމާ "ހަމައިން ނެއްޓޭ ވަރަށް ކަންބޮޑުވުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް ނާސިރަށް ”ކަރުކުރު ބައިސާ”، ރައީސް މައުމޫނަށް ”ގޮޅާބޯ”، ކުރީގެ ރައީސް މުޙައްމަދު ވަޙީދަށް ”ބާޣީ ވަޙީދު”، ކުރީގެ ރައީސް ޔާމީނަށް ”ރާގޮނޑި ރާޖާ” އަދި އެމަނިކުފާނަށް ”ގަންޖާބޯ“ ގެ ނަމުން ނިސްބަތްކޮށްފައިވާ ކަމުގައެވެ.

 

Ads by Allied Insurance
  1. ވަރަބިންދާލި ކޮތަރު

    މަލާއިކަތުން ގަބުރު ތައް އުފުއްލާއިރު އާއްމުކޮއް މީހުން ގޮވާނަމުން އުޑުތަކުގަ ދަތުރު ކުރައްވާއިރު ގޮވާނީ.؟ ތީ ކާކުގެ ހަށިގަޑެއް ހޭއައްސަވާކޮންމެ ސުވާލަކަށް ޖަވާބަކަށް ވާނީ މީއެވެނި މިވެނި މީހެއްގެ ދަރި ގަންޖާބޯގެ ހަށިގަޑޭ. އެހެންވީމަ ހިތުހުރިހާ ލަގަބު ދީގެން މީހުނަށް ހަޑިހުތުރު ނަމުން ނުގޮވަންވީ. ހިތުހުރިހާނަމަކުން ނުގޮވަންވީ . ގޮލާބޯނުގޮވަން ވީ . ކާޅޭވެސް ނުގޮވަންވީ . ކަދުރޭވެސް ނުކިޔަންވީ . ކޮންމެ މީހަކަށް ރީތިނަމެއް ކިޔަންޖެހެނީކޮންމެވެސް ކަމެއް ވާނެތީ .