މާދަމާ ޑިމޮކްރެޓްސް ރަޖިސްޓަރ ކުރަން ހުށަހަޅަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާތީ “ދަ ޑިމޮކްރެޓްސް” މާދަމާ ރަޖިސްޓަރ ކުރަން ހުށަހަޅަން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން ބުނީ މާދަމާ ހެނދުނު ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ. ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މެއި 24 ގައެވެ.
މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމްއެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އާޒިމް ޕާޓީން ވަކިކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެއިތުބާރު ނެތްކަމުގެމައްސަލައިގައި ސޮއިކުރުމުންނެވެ.