ޚަބަރު

އެހެން މީހަކަށް ވެރިކަން ދީފައި ރައީސް ނަޝީދަށް ކެތެއް ނުވާނެ: ޤާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޤާސިމް، ރައީސް ނަޝީދާއެކު.. ފޮޓޯ/ވަން

ދިވެހި ރާއްޖޭގެ ވެރިކަމުގައި އިތުރު މީހެއް ހުންނަން, ކުރީގެ ރައީސް, މުޙައްމަދު ނަޝީދު ބޭނުންފުޅުވެ ނުލައްވާނެ ކަމަށް ވިދާޅުވެ, އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ޤާސިމްގެ އަމިއްލަ ޓީވީ ޗެނަލް, ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ އެމަނިކުފާނަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އެނގިލައްވާ ކަމަށެވެ. ޤާސިމް ވަނީ ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު ހިނގި މުއާމަލާތްތައް ތިލަކޮށްދެއްވާފައެވެ.

އެގޮތުން އެމްޑީޕީގެ ޕްރައިމަރީއަށްފަހު ޤާސިމާއި، ރައީސް ނަޝީދާއިއެކު ކުރެވެމުންދިޔަ މަޝްވަރާތަކާއި އަދި ޤާސިމް ވެރިކަމަށް ގެނައުމަށް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ޤާސިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ހިސާބުން، މަޖިލީހުގައި ވެސް އެކި ބޭފުޅުންގެ ކައިރީގައި ވެރިކަމަށް ގެންނަންވީ ޤާސިމް ކަމަށް ވިދާޅުވި ކަމަށާއި, ދެ ފަހަރެއްގެ މަތިން ސަން އައިލެންޑް ރިސޯޓްގައި ބައްދަލު ކުރެއްވި ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ ނަމަވެސް އެއީ ދެއްކި ދަޅައެއްކަން އެނގި ވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

“އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އަޅުގަނޑު ކައިރީގައި އެދައްކަވަނީ ކޮން ވާހަކައެއްކަން. އެ ބޭފުޅާ ބޭނުމެއް ނުވާނެ, އެ ބޭފުޅާ ނޫން އެހެން ބޭފުޅެއް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެންމީހަކަށް އެ ފުރުސަތު ދީގެން އެމަނިކުފާނަކަށް ކެތެއް ނުވާނެ” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ, ރައީސް ނަޝީދާއިއެކު ކުރެވުނު މަޝްވަރާތަކުގައި ހުށަހެޅުމެއްވެސް ހުށަހެޅި ކަމަށާއި, ހުށަހެޅި ކަރުދާހުން ފެނުނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ގުރުބާން ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ނަޝީދުގެ މަޤުސަދަކީ އެމްޑީޕީ ހަލާކު ކުރީ ޤާސިމް އަޑީގައި ހުރެގެން ކަމަށް ދެއްކުންކަމަށެވެ. ނަމަވެސް އެޖާގަ ދިނުމަށް ބޭނުން ނުވާކަމަށް ޤާސިމް ވިދާޅުވިއެވެ.

  1. ކަނޑުވަގު

    ގާސިމް ކޯއްޗެއް ހިތަށް އަރައިގެންތޭ ކަނޑުކޮހުން ދައްކާ ޒާތުގެ ވާހަކަ ދައްކަނީ ބަލަގަ ގާސިމް ވެރިކަން ބަދަލުކުރަން ފަންޑްކޮށްގެން ދެއުއިޅި އެއް ނުވާ އިމްރާން އަށް 10 މިލިއަން ރުފިޔާ ދީގެން އެއިރު އޮތް ޓައިޓޭނިއަމް ޕްލޭޓެޑް ވެރިކަން ބަދަލު ކުރަން ރާއްޖެތެރޭން މާލެ އަށް މީހުންނަށް ފަައިސާ ދީގެން ގެނެސްގެން މަގުމަތީގައި ހިނގާލުމެއް ބާއްވާ އަދި ހިނގާލުން ނިންމާލުމަށް ފަހު ފުލުހުންނާއި ކުރިމަތިލި ގޮތަށް ދިވެހިން ބާއްވާ ޖަލްސާ އެއް ގައި އެކަން އެގޮތަށް ނުވާނެއޭ ގާސިމް ވެސް ތިޔާއީ ކަނޑުވިއްކާލި ކަޓްގެ 500 މިލިއަން ޑޮލަރުން ބައިއެޅި ބޮޑުވަގެކޭ ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު

  2. ހުސޭނުބެ

    ހަމަ ދާދި އިހަށް ދުވަހު ހަމަ މިއަގައިން މިކިޔަނީ ނަޝީދު ނެތި އެމްޑީޕީއެއް ނޯންނާނެއެވެ. އަޅެ މި ސިޔާސީ މީހުންގެ ކިތައް އަނގަ އޮވޭބާވައެވެ. ކޮންމެ އަގައެއް ވަކި މޫނެއްގައި އިނިއްޔާ ކިތައް މޫނު މިމީހުންގެ ތިބޭ ބާވައެވެ؟

  3. ބަރާބަރޭ

    ގާސިމްގެ އެޑްވައިޒަރުންގެ ކަމަކީ ގާސިމް އާއި ދެން ތިބި ސިޔާސީ ލީޑަރުންނާއި ޖެއްސުމޭ ކެނެރީގެ ނަޝީދު ވެރިކަން ބޭނުންވާނެއޭ އެކަކު ބޭނުން ނުވިއަސް ހަމަ އެގޮތަށް ގާސިމް ވެސް ވެރިކަން ބޭނުންވާނެއޭ ކެނެރީގެ ނަޝީދު ވެރިކަމުގައި ހުރި ނަމަ މާލެ ސަަރަހައްދުން ހުންނާނީ މިވެރިކަމުގައި 2 ލައްކަ ގޯތި ދީފައި އަދި ވިޔާފާރިވެރިންނަށް 5 ލައްކަ ގޯތި މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ދޭނެއޭ އެފަދަ މީހަކު ނޫންތޭ ރައްޔިތުން ބޭނުންވާނީ ވެރިކަމަށް ނަޝީދު ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ ބަރާބަރޭ

  4. އެއްމެން

    މިއީ ޤާސިްމް ވިދާޅުވިޔަސް އެއްމެންނަށް އެނގި ދަސްވެފާ އޮތް ހަގީގަތެއް. ވެރިކަމަށް އައްނިއާއި ދެކޮޅަށް އެރި މީހުންނާއި އައްނި ގެވާގިވެރި ކަމާއި އެކު ވެރިކަމަށް ގެނައިމީހާ ގެވެސް އަބުރު ކަތިލަން ރެއާދުވާލު ގަދަ އަޅާކުރާ މަސައްކަތުގެ ސަބަބުން، އައްނިގެ އަބުރު ބޮޑުތަނުން ކަތިލެވިއްޖެ. މިއޮޑި ނުފެތޭނެއޭ ވިދާޅުވި އެމްޑީޕީގެ އޮޑި އަމިއްލަފުޅަށް ފައްތަވާ ލައްވަވައިފި. ވީމާ ގާސިމް ގެދުވަސް ދުއްވާލާނީވެސް ހަމަ އައްނި އެވެ.