ޚަބަރު ސިޔާސީ

ފަސްއަހަރު ދުއްވައިލީ، އެއްވެސް ކަމެއް ނުކޮށް: ޢަމްރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ސަރުކާރުގެ ފަސް އަހަރު ދުއްވައިލީ އެއްވެސް ކަމެއް ނުކޮށް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަމްރު މިފަދައިން ވިދާޅުވީ، "7،000 ޓޫރިސްޓް އެނދާއެކު، އައްޑޫގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް" މި ސުރުޙީގެ ދަށުން ލިޔެފައިވާ ލިޔުމެއް ޝާއިޢު ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ޢޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، 7،000 އެނދުގެ ވާހަކަ އަކީ އިންތިޚާބަށް ތިން މަސް ދުވަހަށް ވުމުން ދައްކާ ވާހަކަ ކަމަށެވެ.

"މިއީ 2018ގައި ފަސް އަހަރު ތެރޭގަ ކުރާނެ ކަމަށް ވައުދުވި ކަންކަން.
5 އަހަރު ދުއްވާލީ ކަމެއް ނުކޮށް." ޢަމްރު ވިދާޅުވިއެވެ.

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ވިދާޅުވީ، މިހާރު ހިނގަމުންދާ ތަފާތު އެކި މަޝްރޫޢުތައް ނިމުމުން އައްޑޫ ސިޓީގައި 7،000 ޓޫރިސްޓު އެނދު އޮޕަރޭޓް ވެގެންދާނެ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓުގެ ތެރެއިން އައްޑޫގެ އެހެން ރަށްތަކަށް 700 ޓޫރިސްޓު އެނދު އިތުރުވާނެ ކަމަށާއި އަދި ހަންކެޑެ ޕްރޮޖެކްޓަކީ ޖުމްލަ 2،782 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކަމަށެވެ.

މި ޕްރޮޖެކްޓް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.

Ads by Allied Insurance
  1. އިެްބެ

    އަމްރުއެސްޓީއޯގައިހުރެގެންތޮޑޫއެގުރިނެޓުންއުފެއްދި އެތަނަށްގަންނަނީހަފުތާއަކު3ބާސްކެޓުތަރުކާރީއޭރުވެސްދެއްކީހަމަތިޔަގޮތަށްމޮޅުވާހަކަދެންއަމްރުރަށްރަށައްއަރައިރަނގަޅައްބަލާބަލަކަމެއްނުރޭތޯތިޔަވަރަށްދޮގުހަދާއިރުމަރިވާނެކަންވެސްހަނދާންކުރަންޖެހޭ

  2. ޒޫލީ

    ކަލޭ ކޮންމެ ވާހަކައެއް ދެއްކިޔަސް ރައްޔިތުންނަށް ފެނޭ ކޮށްދީފަ ހުރި ކަންކަން…ކަލޭ އޮވެބަލަ ނަޝީދުގެ ފައިބުޑުގަ ދޫލާން.

  3. ހުސަެނުބެ

    ތިންހާސް ހަމަވާ ނުވާގައި ތިބޭ މީހުން ރަައްޔިތުންނޭ ނުކިޔާށެވެ. އެބުނީ މުޅި އައްޑޫއިން 300 މީހުން ހަމަނުވި ވާހަކަ ވިއްޔާއެވެ. ބޮއެފި ބޮއެފި ބޮއެފި

  4. ދޮށީބޭ

    އިބްރާހިމް ކޮތަޅުކަލޭފާނު ވަރަށް މަސައްކަތްކުރޭ ތަރައްގީއަށް.

  5. ބިރުބޮޑު

    ތިންއަހަރު ތެރޭ އެސްޓީއޯ ހަވާލު ކުރީމާ އަމްރުއަށް 4 ގޯތި ގަނެވިއްޖެނު

  6. ބިރުބޮޑު

    މަގުމަތީ ހޫރޭން އުޅުނު އަމުރު އެސްޓީއޯ ހަވާލުކުރީމާ 4ގޯތި ގަނެލާފި