ޚަބަރު ސިޔާސީ

ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ޞާލިޙު: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޖްތަމަޢުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް، ޤައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙު ކަމަށާއި، ދެވަނަ ދައުރަކަށް ރައީސް އިންތިޚާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ޢަދާލަތު ޕާޓީން ވަނީ، ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ. ދާދި ފަހުން އެ ޕާޓީން ބޭނުންވާ ކަންކަން ހިއްސާ ކުރުމަށް ރައީސް ޞާލިޙާ ބައްދަލުވެސް ކުރެއްވިއެވެ.

ދެން އަންނަ ދައުރެއްގައިވެސް، ކޯލިޝަން ދަމަހައްޓަން ޢަދާލަތުން ނިންމިއިރު، މިނިސްޓަރު އިމްރާން ގެންދަވަނީ، ރައީސް ޞާލިޙަށް ތާއީދު ކުރައްވައި، ޓްވިޓަރގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އަދި ރައީސް ޞާލިޙުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

 

  1. ވަރަބިންދާލި ކޮތަރު

    ހާލަތް އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ދާއިރު ލިބޭއާއްމު ދަނީއިން ނުފުދިއުޅޭން ޖެހޭއިރު އަދިވެސް މިދޯކާތަ ކާން ޖެހެނީ . ދީކާދީފަ، ދޯކާކާން ޖެހެނީ ކިހާދުވަހަކު . ލިބޭއާއްމުދަނީއިން 3 ، 4 މީހުން ކުރާމަސައްކަތުން ބޮޑެތި ބިލް ތަކުގެ ބުރަ އުފުލާ ބޮޑުކުލިން ސަލާމަތް ކޮއްދީ . އަމާން ކަމާ . އުފާވެރި ކަމޭކިޔާވެރިކަން ކުރާއިރު ތަކްލީފެއް ބުރައެއްނޫނީ ނުޖެހޭއިރު . ބަޔަކަށް ލިބޭމުއްސަދި ކަމަށް ފައިސާ ފުނިވަރަށް އެހެން އާއްމު ރައްޔިތުން އަމިއްލަހާލަށްދިރިނުއުޅެވޭއިރު ހަމަޖެހުމެއް އުފާވެރި ކަމެއް ނެތް ދިރިއުޅުމެއް ގަނަތެޅޭން ޖެހޭވަރު ބޮޑުއިރު އަމިއްލައަށް ތިބެ ވސްނޭއިރު ތަޖްރިބާ ދުވާލު ދާހަތަރުދަމުން ކުރަން ޖެހޭއިރު ވެރިކަމެއް ދޭން ގުރުބާންވާން ޖެހެނީ ކީއްވެ ؟ އަމިއްލަ އެދުން ބޮޑުކަމުން ލިބޭބައިވަރަކަށް ތިހުރިހާވާހަކަ ތިދައްކަނީ .

  2. ސަރީފުމުހަމެދުކާށިދޫ

    ޟިނުރާނަކީކަންޑައެޅިގެންހުރިމުނާފިގެއްކަންޔަގީންވާހެކިތައްވާހަދައްކާޔްފިނަމަދޮގުހަދާނެވައުދެއްވިނަމަހިލާފުވާނެތީކޮޅުފުށިމީހެއްދުލަކުން

  3. ކިހާ ވަރެއް ލިބިގެންތޯ ތިޔަބުނީ، ޔާމީން އަތުވެއްޖެ ނަމަ އެމްއެމްޕީއާރްސީ ޗޯރުންނާއި ވެންޓިލޭޓަރު ޗޯރުންނާއި ޗާގޯސް ޗޯރުން ތިބެން ޖެހޭނީ ގޮޅީގައި ނުންތޯ !

  4. އިބޫ އަށްވުރެން ޢިލްމީ ޤާބިލް ދިވެހިދަރިން ތިއްބާ ތިފަދައިން މަނިކުފާން ބުނުމަކީ ކަންޑައެޅިގެން ހެއްދެވި އިތުރު ފުޅެއް !