އެއީ ދެހާހުގެ ކުރީކޮޅެވެ. ފަންސަވީހަކަށް އަހަރު ވަންދެން ރާއްޖޭގައި ދެމިއޮތް ވެރިކަން "ކަމަކު ނުދެޔޭ، ގޯހޭ" ކިޔައި އާންމުންގެ މީހަކު އަޑުގަދަ ކުރަން ފަށައިފި އެވެ. މާލޭގެ މަގުމަތިން މި ގޮވެލި ގޮވާން ފެށި ގޮތަށް އޭނާ ނުހުއްޓި އެވެ. މި ގޮވެލި ހިފައިގެން ރަށްރަށަށް ދަތުރު ކުރަން ފަށައިފި އެވެ. ގިނަ މީހުންނަށް އޭނާއަކީ ކާކުކަން ނުވެސް އެނގެ އެވެ. ސިޔާސީ ޕާޓީއޭ، ޑިމޮކްރަސީއޭ ކިޔާ އަޑު އިވެން ފަށައިފި އެވެ. ގިނަ މީހުންނަށް މިވަނީ ކިހިނެއްކަން ރޭކާވެސް ނުލަ އެވެ.
އަހަރަކަށްފަހު އަހަރެއް ފާއިތުވަމުން ގޮސް މިމީހާ ކިޔާ އެއްޗެއް މީހުންނަށް އެނގެން ފަށައިފި އެވެ. އޭނާގެ ބައި ބޮޑުވާން ފަށައިފި އެވެ. އެ ހިތްވަރުން ހިތްވަރު ލިބިގަނެ ބަޔަކު ނިކުމެ "މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ" އޭ ކިޔައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފި އެވެ. މި ޕާޓީ އުފައްދަން ސޮއިކުރި މީހުންގެ ތެރޭގައި އެއްކަލަ މީހާގެ ނަންވެސް އެބަ އޮތެވެ. މިވާހަކަ މިހާ ހަމައިން މަޑު ޖައްސައިލާނަމެވެ. މިދެއްކީ ރާއްޖެ އިސްލާހު ކުރުމަށް އުޅުނު ހަމަ އެންމެ މީހެއްގެ ވާހަކަ އެވެ. އޭރު އެހެން މީހުންވެސް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އާންމުންނާ ގާތުން ކުރީ ސަފުގައި މަސައްކަތްކޮށް މީހުންގެ "މޫނަކަށް" ވީ މިބުނާ މީހާ އެވެ.
އަނެއްކާ އަނބުރާ އެމީހާގެ ވާހަކައަށް ދާނަމެވެ. އެއީ 2004 ވަނަ އަހަރެވެ. އެމްޑީޕީގެ ނަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމުވާން ފަށައިފި އެވެ. މުހައްމަދު ނަޝީދޭ ކިޔުނު މީހަކު މިނަމާއެކު ރަށްރަށަަށް ދަތުރު ކުރަން ފަށައިފި އެވެ. ބައެއް ރަށްރަށަށް ދިޔުމުން މޫނަށް ކިސަޑު ޖަހާފައި ބަނދަރުމަތިން ފުރުވައިވެސް ލިއެވެ. އެކަމަކު މަސައްކަތެއް ނުހުއްޓި އެވެ. ދުވަސްތައް ފާއިތުވަމުން ގޮސް 2007 ވަނަ އަހަރާ ހަމައަށް ދިޔައިރު "އަންނި" ނުދަންނަ ހަމަ އެކަކުވެސް ނެތެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ދިގު ތާރީހުގައި ބަދަލަކަށް ބޭނުންވޭތޯ އަހަން ވޯޓެއް ނެގި އެވެ. އެއީ ނިޒާމީ ވޯޓެކެވެ. އެމްޑީޕީން ބުނީ ބަރުލަމާނީ ނިޒާމު ރަނގަޅުވާނެ ކަމަށެވެ. އަނެއްކޮޅުން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޑީއާރުޕީން ބުނީ އޭރުވެސް އޮތް ރިޔާސީ ނިޒާމު މާ ރަނގަޅުވާނެ ކަމަށެވެ.
ނިޒާމީ ވޯޓު ނިމުނީ އަންނިއަށް ނާކާމިޔާބީއާއި ކުރިމަތިލަމުންނެވެ. އެކަމަކު ގޮތެއް ދުލެއް ނުކުރި އެވެ. ފުރަތަމަ ފަހަރަށް ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ގިނަ ޕާޓީތައް އެކުލެވޭ އިންތިހާބެއް ރާއްޖޭގައި ބާއްވަން ތައްޔާރުވި އެވެ. އަންނިއާއި އެމްޑީޕީގެ އެހެންވެސް ބޭފުޅުން ކުރެއްވި މަސައްކަތުން ގިނަ ކެނޑިޑޭޓުންތަކަކަށް މި އިންތިހާބުގައި ކުރިމަތިލެވޭގޮތްވެސް ވިއެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މަހެކެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރު ނިމި ނަޝީދު ވެރިކަމުގެ ތަހުތަށް ވަޑައިގެންނެވީ އެވެ. އާންމު މީހާއިން "ބޭފުޅުން" ފެންވަރުގެ ރައީސަކަށް ވެވަޑައިގެންނެވީ އެވެ. ކުރިން ވެލި ޖަހާފައި ފޮނުވައިލި ރަށްރަށުންވެސް އެންމެ ފަހުން ރަތް ދޫލައިގައި މަރުހަބާ ކިޔަން ފެށީ އެވެ. ރާއްޖޭގެ ސިޔާސީ ތާރީހު އަލުން ލިޔަން ފެށީ އެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުން ރާއްޖޭގައި މަދެއް ނޫނެވެ. އިންޑިއާއަށް މިނިވަންކަން ހޯއްދަވައިދެއްވި މަހާތުމާ ގާންދީއާއި ސައުތު އެފްރިކާގެ ހީރޯ ނެލްސަން މަންޑޭލާގެ ދަރަޖަ ރައީސް ނަޝީދަށް އޭރު އޮތީ އަރުވައިފަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުން ގެންދިޔައީ ރައީސް ނަޝީދަކީ ރާއްޖޭގެ މަންޑޭލާ ކަމަށެވެ.
ދެން އައީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައި ދަތި އަހަރުތަކެކެވެ. ރައީސް ކަމުގައި ދެ އަހަރާއި ބައި ހޭދަކުރައްވައި ދެން އަނެއްކާވެސް ހުންނަވަން ޖެހިވަޑައިގެންނެވީ މަގުމަތީގަ އެވެ. އެކަމަކު ހިތްވަރު ދުލެއް ނުކުރެއްވި އެވެ.
މި ކިޔައިދިނީ އެއް ފަރާތެވެ. އަނެއް ފަރާތްވެސް އެބަ އޮތެވެ. ރައީސް ނަޝީދަށްވުރެއް ކުރިން އިސްލާހީ މަސައްކަތް ކުރައްވަން ފެއްޓެވި ބޭފުޅުންވެސް ރާއްޖޭގެ ތާރީހު ދެކުނެވެ. އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް އެމީހުންވެސް ނުހަނު ބުރަ މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ރައީސް ނަޝީދަށްވުރެއް ސިޔާސީ ގޮތުން ދޮށި އަދި ބޮޑެތި މަސައްކަތްތަކެއްވެސް ކުރެއްވި ބޭފުޅުންނެވެ. އެމްޑީޕީ އުފަންވެ އެހެން ބައެއް ބޭފުޅުން ކުރީ ސަފަށް ވަޑައިގަންނަވަން މަސައްކަތްވެސް ކުރެއްވި އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއި ހުރެ އެއިން ކޮންމެ މީހަކަށްވެސް ލިބެނީ ކެއްސެވެ. ނުވަތަ ޖެހިވަޑައިގެންނެވީ ޕާޓީ ދޫކުރައްވާށެވެ. ބައެއް ބޭފުޅުން އޭރު ސިފަކުރައްވަމުން ގެންދެވީ ރައީސް ނަޝީދު ނޫން ބޭފުޅަކަށް އެމްޑީޕީ ލީޑު ނުކުރެއްވޭނެ ކަމަށެވެ.
މިވާހަކަ ދެކެވެމުން ދަނިކޮށް 2018 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވާާން ފެށި އެވެ. ކަން ދިމާކުރި ގޮތުން އެ އަހަރު ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތެއް ނުވި އެވެ. އެކަމަކު ޕާޓީން ޓިކެޓު އަރުވާފައި އޮތީ ރައީސް ނަޝީދަށެވެ. އިތުރު ގޮތެއް ނެތުމުން ރައީސް ނަޝީދު އަމިއްލަފުޅަށް ނިންމެވީ އެހެން ކެނޑިޑޭޓަކަށް ޓިކެޓު އަރުވާށެވެ. އެމަނިކުފާނުގެ ޗޮއިސް އަކަށް ވީ ސިޔާސީ ގޮތުން އެންމެ އަރިސް، އެންމެ ގާތް އެކުވެރިޔާއަށް "ތަބަކަކަށް ލާފައި" ޓިކެޓު ދެއްވާށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ މިހެންވެގެންނެވެ.
އެކަމަކު މިހާ ހަމައިން ރައީސް ނަޝީދަށް ފެނުނީ ހެޔޮ ފާލެއް ނޫނެވެ. ރާއްޖެ ވަޑައިގެން ދައުލަތުގެ ދެވަނަ ބާރުގެ ވެރިޔާއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ. އަދި ސިޔާސީ ގޮތުން ބަސް ވިދާޅުވާން ފެއްޓެވި އެވެ. ހަގީގަތުގައި އޭރުވެސް ރާއްޖޭގެ ސިޔާސީ ކުޅިބައި އަތުރައިލާއިރު ރައީސް ނަޝީދުގެ ނިންމެވުންތައް މުހިންމުވެ އެވެ.
މަޑުމަޑުން މަންޒަރު ބަދަލުވާން ފަށައިިފި އެވެ. ފަސް އަހަރު މާ ދިގުކަމަށް ވިދާޅުވި ރައީސް ޞާލިހަށް 10 އަހަރު ބޭނުންވެވަޑައިގަންނަވައިފި އެވެ. ރައީސް ނަޝީދު ވެރިކަން އަލުން ބޭނުންވެވަޑައިގެންނެވުން ކަމަކު ނުދިޔަ އެވެ. މިކަން ހިނގީ މީގެ 10 ވަރަކަށް އަހަރު ކުރިންނަމަ ރައީސް ޞާލިހު މިހާރު ހުންނަވާނީ އެމްޑީޕީން ބާކީ ކުރެވިފަ އެވެ. އެކަމަކު މިފަހަރު ހާލަތު ދިމާ ކުރިއިރު ރައީސް ޞާލިހު ހުންނެވީ ރައީސް ނަޝީދަށްވުރެއް ބާރުގަދަ މަގާމެއްގަ އެވެ. ރައީސް ޞާލިހުގެ ބަސް އަހާނެ މީހުން އެމްޑީޕީގައިވެސް ގިނަ އެވެ. އިސާހިތަކު ޒަމާންތަކެއް ވަންދެން ރައީސް ނަޝީދު ކޮންޓްރޯލް ކުރެއްވި ޕާޓީން އެމަނިކުފާނު އެކަހެރިވާން ފަށައިފި އެވެ.
އެމްޑީޕީގެ އެތެރޭޭގައި ނެގި ވޯޓަކުން ރައީސް ނަޝީދު ބަލިވީ މިދިޔަ 2022 ވަނަ އަހަރު މުޅިން އަލަށެވެ. އެކަމަކު އެކަން ރައީސް ނަޝީދަކަށް ހަޖަމެއް ނުވި އެވެ. އަދިވެސް ބޭނުންވީ މިހާރު އޮތް ހާލަތު ބަދަލު ކުރާށެވެ. އެމްޑީޕީ އެތެރެއިން މިކަން ވާން ނެތްކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި އެވެ. އެހެންވެ ދެން ފެއްޓެވީ އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތެވެ. މިކަން އެހެން މީހުންނަކަށް ކަމަކު ނުދިޔަ އެވެ. އިސާހިތަކު ޒިމްބާބްވޭގެ ހަރުކަށި ޑިކްޓޭޓަރު ރޮބާޓް މުގާބޭގެ ދަރަޖަ ރައީސް ނަޝީދަށް ދީފި އެވެ. އެމްޑީޕީގައި ރައީސް ނަޝީދަށް މަރުދިން ބައެއް މީހުންވެސް މިޒާތުގެ ބަސްތަކުން ރައީސް ނަޝީދަށް މުހާތަބު ކުރަން ފަށައިފި އެވެ.
މިދިޔަ 20 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު ރައީސް ނަޝީދަކީ ވަރަށް ހިތްވަރު ގަދަ ބޭފުޅެއްކަން ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ޓިނު ގޮޅީގައި އޮންނެވި ދުވަހު ދެއްކި ހިތްވަރުން ގޮސް ކިސަޑު ޖެހި ދުވަހު ދެއްކި ހިތްވަރެވެ. އެމްޑީޕީގައި ދެއްކި ހިތްވަރު އަލުން "ދަ ޑިމޮކްރެޓްސް" ގައިވެސް އެމަނިކުފާނު ދައްކަވާނެ އެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީ، އެމްޑީޕީއަކަށް ވީ އެންމެ ދެ މަސްދުވަހަކުން ނޫނެވެ. އެއީ އެތައް އެތައް އަހަރެއްގެ ބުރަ މަސައްކަތެވެ. އެހާ ވަގުތު ރައީސް ނަޝީދަށް އެބަ އޮތްތޯ މިއީ އުފެދޭ ސުވާލެކެވެ. އަލުން އަނބުރާ ގައުމުގެ ހުންގާނުގައި ހިފިދާނެތޯ މިއީވެސް އުފެދޭ ސުވާލެކެވެ.
ރައީސް ނަޝީދުގެ ސިޔާސީ ހަޔާތާއިމެދު މިވަނީ ދެ ސުވާލެއް އުފެދިފަ އެވެ. ނުފެތޭނެއޭ ބުނި އޮޑީގައި ނުގުޑައި ހުންނެވި ނަޝީދު ގުޑާނީ ހެއްޔެވެ؟ ނޫނީ ކުރިން ކުޑަ ގޮޅީގައި ކުރި ހިތްވަރާއިއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ނަގައި ކޮޅަށް ޖަހާނީ ހެއްޔެވެ؟
މީނަޔަކީ ޖަލުގަ ބާއްވަންޖެހޭ މީހެއް.
އޮޑި ދާނީ އޑިޔަށް. ފިކުރު ދާނީ ފަނޑުވަމުން. ކުރިޔަށް ކުޅުނު ކުޅި ބަދަލުވީ ގޭތެރެއިން ނިކުތް ކުޅިއަށް.
ދެން މިއަންނަ 5 އަހަރުގެ ދައުރަށް އެންމެ ރަނގަޅުވާނީ ގާސިމް އިބްރާހިމް ގާސިމްގެ ވެރިކަމެއްގައި ބަދަލު ނުހިފާނެ މިހާރު ވެސް މިރާއްޖޭގެ ސިޔާސީ މައިދާނުގައި ބަދަލު ހިފުމުގެ ރޫހު އެހާވަރަށް ނުހިފަނީ ގާސިމް އާއި ހެދިއޭ ގާސިމް ބަދަލު ހިފުމުގެ އުސޫލު ނުގެންގުޅޭތީއޭ ގާސިމްގެ ވެރިކަމަށް އާދެވޭނީ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އާއި އެކު ފުރަތަމަ ބުރުގައި ކޯލިޝަން ހަދައިގެންނޭ ފުރަތަމަ ބުރަށް ވެސް ނިކުންނަންވާނީ މިގޮތަށޭ އެނޫންނަމަ އެމްޑީޕީ ބަލި ނުކުރެވޭނެ އެކަން ދަންނަން ޖެހޭނެއޭ ގާސިމް ވެސް ނަޝީދު ވެސް އަދި ޔާމީން ވެސް އެނޫން ނަމަ ވަރަށް ނުބައި ފައްތަރަކަށް ދާނެއޭ ދެވަނަ ބުރުގައި ދެވަނަ ބުރުގައި ހަދާ ކޯލިޝަން އެއީ ކޯލިޝަން އަކަށް ނުވާނެއޭ…
އާފިކުރަކަށް ވާނީ ގާސިމްގެ ވެރިކަމުގައި މީރާ ވެސް ޖެހޭނީ އުވާލަން އަދި ޓެކްސް ނިޒާމް ވެސް ޖެހޭނީ އުވާލަން އެއްކޮށް ބަދަލުގައި މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅުތައް ހިއްކާ އެގޮތުން ހިއްކާ ބިންތަކުން އަހަރަކު ވިއްކާނީ 1 ހެކްޓަރުގެ 90 ހާސް ބިން ބިމެއް 1 މިލިއަން ޑޮލަރަށް ދެން އިތުރަށް 1 ހެކްޓަރުގެ 5 ލައްކަ ބިންހިއްކާ އެބިންތައް ރައްޔިތުންނަށާއި ވިޔާފާރިވެރިންނަށް 1 މިލިއަން ޑޮލަރު 100 އަހަރުން ދައްކާ ގޮތަށް ބިންތައް ކުއްޔަށްދޭނީއޭ އެއިރުން މީރާ އުވާލެވޭނެ ކަން އެއީ ޔަގީން ކަމެކޭ…
އާ ފިކުރަކަށް ޖާގަދޭނެނަމަ ފުރަތަމަ މީރާ ޖެހޭނީ އުވާލާ ޓެކްސް އެއްކޮށް އުވާލަން އެކަން ކުރަން އެބަޖެހޭ މީރާ އަކީ އެއީ މިއަދު ވައްކަން ކުރާ އުސޫލުން މާލެ ސަރަހައްދުގެ ވިޔާފާރިވެރިން ފެލަމުންދާ ބައެކޭ ނުވެސް ލިބޭ ފައިސާ އަށް ވެސް ޓެކްސް ދައްކަން އެބަޖެހެއޭ މީހަކަށް ޓެކްސް އިންވޮއިސް އެއް ހެދުން އެއީ އެމީހާ ޓެކްސް ދައްކަން ޖެހޭނެ ސަބަބެއް ނޫނޭ އެ ހަދާ ޓެކްސް އިންވޮއިސް އަށް ފައިސާ ނުލިބުނަސް މީރާ އަށް ޓެކްސް ދައްކަން ޖެހޭ އެކަމަކު މީރާއިން އެފައިސާ ހޯދާދޭން އެއްވެސް މަސައްކަތެއް ނުކުރެއޭ މީރާ އަކީ އެއީ ސީދާ ވަގުން ހިންގާ ތަނެކޭ މީރާ އެއީ ބޮޑެތި ވަގުން ބޮޑުން ނަށް ތިބޭ ތަނެކޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާމީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާ އަކީ އެއީ ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ މީރާގެ ބޮޑުން އެއީ ވަގުންގެ ދަރިން ވަގުންނޭ