ޚަބަރު

ހުރިހާ ނަމާދެއްގައި ޤުނޫތުކިޔަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ކިޔާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވައިފިއެވެ.

Ads by MWSC

އެގޮތުން އިސްލާމިކް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ނަމާދެއްގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔާ ގޮތަށް ވަނީ ހަމަޖައްސާފައިވެއެވެ. ކޮރޯނާ ވައިރަހާއި އަދި މިފަދަ ބަލިމަޑުކަމުން ދިވެހިރާއްޖެއާއި މުޅި އުއްމަތް ރައްކާތެރިކުރުމަށް، ދީނީގޮތުން ކުރެވެންހުރި ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރިއިން ދަނީ އިލްތިމާސްކަމުންނެވެ.

ބަލިމަޑުކަމާއި ރޯގާތަކާއި ގުޅިގެން މީގެ ކުރިންވެސް ފަރުޟު ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ. މުޅި ދުނިޔެއަށްވެސް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ދެ ކޭސް ރާއްޖެއިންވަނީ ފެނިފައެވެ. މިކަމުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަމަށް ސަމާލުކަން ދިނުމަށް ސަރުކާރުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!