ބިރުދައްކައި އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފި

ބިރުދައްކައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އއ. އުކުޅަހުން މީހަކު ހައްޔަރު ކޮށްފިއެވެ.
"ފެށުން" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އެއަތޮޅު ބޮޑުފޮޅުދޫއަށް ނިސްބަތްވާ މީހެވެ.
އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރު ކުރި މިފިރިހެން މީހާއަކީ އުކުޅަހަށް ވޮލީ ކޭމްޕެއް ހިންގުމަށް އެރަށަށް ގޮސް ހުރި މީހެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.