ޚަބަރު

ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި މީގެ 3 ދުވަސް ކުރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެމުންދަނި ވެންޓީލޭޓަރުގައި ކަމަށް އައިޖިއެމްޗްއިން ބުނެފިއެވެ.

Ads by Hajj Corporation

އުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ ގދ. މަޑަވެލީގެ މީހަކަށެވެ. އަދި އޭނާއަކީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށްވެސް ވަނީ އެނގިފައެވެ. އެކްސިޑެންޓަށްފަހު އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗްއިން ހާމަ ކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ހުންނަ ސަރަޙައްދުގައެވެ.

އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުންވެސް ހާމަކޮށްފައި ނުވާ އިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އަދި ބެލެވޭ ގޮތުގައި އޭނާ ދުއްވާފައި އައި ސައިކަލުން ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑު ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!