ޚަބަރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޜާއްޖެއިން ވައިރަސް ފެނުމާއި ގުޅިގެން ހިނގާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ވައިރަހަށް ޕޮޒިޓިވްވި ދެ މީހުންގެ ވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"އެ ދެ މީހުންގެ ހާލު ގޯހެއް ނުވޭ. އަޅުގަނޑަށް މައުލޫމާތު ދިން ގޮތުގައި އެ ދެ މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން." އަމީން ވިދާޅުވިއެވެ.

މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާކަން ސަރުކާރުން ރޭ ހާމަކޮށްފައިވާއިރު އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ. އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!