ޚަބަރު

ހައްޖާޖީންގެ ފަހު ގްރޫޕާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފިއެވެ.

Ads by STELCO

މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހައްޖާޖީންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.

ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!